Advertisement

އެމްޑީޕީ ހޮނިހިރު ދުވަހު ބޭއްވި ސައިކަލު ބުރުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

07 Dec 2024
ޚަބަރު

ޑިސެމްބަރު 10ގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ސައިކަލު ބުރެއް ބާއްވައިފި

ޤާނޫނު އަަސާސީގެ ދިފާޢުގައި އެމްޑީޕީން ޑިސެމްބަރު 10 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ސައިކަލު ބުރެއް ބާއްވައިފިއެވެ.

މިސައިކަލު ބުރު ބާއްވާފައި ވަނީ ހޮނިހިރު ދުވަހު ހަވީރު މާލޭގައެވެ. މިސައިކަލު ބުރުގައި އެމްޑީޕީގެ އިސްވެރިންނާއި، އެޕާޓީގެ އާއްމު މެމްބަރުން ބައިވެރިވިއެވެ. 

އެމްޑީޕީން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގައި ބާއްވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. މިގޮތުން އާދީއްތަ ދުވަހުގެ ރޭ ވިލިމާލޭގައިވެސް ކަންމަތީ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައި ކަމުގައި އެމްޑީޕީން ހާމަކޮށްފައިވެއެވެ. އާދީއްތަ ދުވަހުގެ ރޭ ވިލިމާލޭގައި ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ، ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައެވެ. މިޖަލްސާވެސް ފަށާނީ ރޭގަނޑު 20:30 ގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.