Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

07 Dec 2024
ޚަބަރު

ރަނގަޅު ދަރިންތަކެއް ބިނާކުރުމަށް އެންމެން އެކީގައި މަސައްކަތް ކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ޤައުމުގެ މުސްތަޤުބަލާ ޙަވާލުވެވޭނެ ފަދަ ޒިންމާދާރު، ލޮބުވެތި ދިވެހި ދަރިންތަކެއް ބިނާ ކުރުމަށް އެންމެން އެކުގައި، އެއް ރޫޙެއްގައި، ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރެއްވުމަށް ޢަޒުމު ކަނޑައެޅުއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާފަންނު މަދަރުސާގެ ތަރައްޤީއަށްޓަކައި އެ ސްކޫލުން ސަރުކާރުގައި އެދޭ ކޮންމެ ކަމެއް، ކުރިއަށް އޮތް ތަނުގައިވެސް ކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާފަންނު މަދުރަސާގެ ބެލެހެއްޓުންތެރި ފަރާތުގެ ގޮތުގައި މި ވަގުތު އޮތް މާލޭ ސިޓީ ކައުންސިލުންވެސް ސަރުކާރާ ގުޅިގެން، ސްކޫލުން އެދޭ ކަންކަން ފުރިހަމަކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ، މިއަދުގެ ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ފަރާތުން 2 ދަރިވަރަކު އެ މަނިކުފާނަށް ދެންނެވި ފަދައިން، އިސްރަށްވެހިންނަށްވެސް ފަސޭހައިން ބޭނުން ހިފޭ ފަދަ ގޮތަކަށް، 2025 ވަނަ އަހަރުގެ ތެރޭގައި، ސްކޫލުގެ ގްރައުންޑް ފްލޯރގައި، ހޯލެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަކީ އެހެން ކުދިންނެކޭ އެއްފަދައިން، ސްކޫލު މާޙައުލުގައި ޝާމިލުވާ ދަރިވަރުން ކަމުގައި ކަށަވަރު ކުރުމަށްޓަކައި، އެ ރޮނގުން މުދައްރިސުން ބިނާކޮށް، ތަމްރީނު ދިނުމުގެ މަސައްކަތްތައްވެސް ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި މަޤާމުތަކުގައި އެ ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.

މިހާރުގެ މާފަންނު މަދަރުސާ ހުޅުވުނީ 1984 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މަދަރުސާ އުފެދުނު އިރު ނަރސަރީއިން ފެށިގެން ގުރޭޑް 6 އަށް ކިޔަވައިދެއްވިއެވެ. އޭގެ ފަހުން ގުރޭޑް 10ގެ ނިޔަލަށްވެސް މާފަންނު މަދަރުސާގައި ކިޔަވައިދެއްވިއެވެ. ނަމަވެސް 2016 ވަނަ އަހަރުން ފަށައިގެން މާފަންނު މަދަރުސާ ޚާއްޞަ ކުރައްވާފައި ވަނީ، ނަރސަރީއާއި ޕްރީ ސްކޫލު ޢުމުރުފުރާގެ ދަރިވަރުންނަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.