Advertisement

ރައީސުލްޖުމްހޫރިއްޔާ ކެޔޮޅުންނާއި ބައްދަލުކުރެއްވުން ---

05 Dec 2024
ޚަބަރު

ޝަކުވާތަކާއި އެކު ކެޔޮޅުން ރައީސްގެ އަރިހަށް!

ރާއްޖޭގެ  މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކެޔޮޅުން އުފައްދާފައިވާ ކެޔޮޅުންގެ ލޮބީ ގުރޫޕުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލު ކުރެއްވުމުގައި ކެޔޮޅުންވަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން މިފްކޯއިން ކިރުވާ މަހަށް ފައިސާ ނުލިބުމާއި، މަސްވެރިންނަށް އައިސް އަދުި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސް ކިރުވުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ ކެޔޮޅުން ވަނީ ރައީސަށް ދަންނަވާފައެވެ. މީގެ އިތުރުން ފިޝަރީޒް މިނިސްޓަރާއި ގުޅޭ ގޮތުން ހުރި ޝަކުވާތައްވެސް ކެޔޮޅުން ވަނީ ރައީސާ ޙިއްޞާކުރައްވާފައެވެ.

ބައްދަލުވުމުގައި ބައިވެރިވި ކެޔޮޅުން "ނޫން"އަށް މައުލޫމާތު ދެމުން ބުނީ، ރައީސާއިއެކު ބޭއްވި ބައްދަލުވުމުން އެނގިގެން ދިޔައީ ބައެއް ކަންކަން ހިނގަމުންދާ ގޮތް ޚުދު ރައީސަށްވެސް އެނގިވަޑައިނުގަންނަވާ ކަން ކަމަށެވެ. އަދި ކެޔޮޅުންގެ ބައެއް ވާހަކަތައް އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ހައިރާންކަން ފާޅުކުރެއްވި ކަމަށާއި އެހެން ނަމަވެސް މިހާރު ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަމުގައިވެސް ކެޔޮޅުން ބުންޏެވެ. އޭގެ އިތުރުން ކޮންމެ 3 މަހަކުން އެއްފަހަރު ކެޔޮޅުންނާއި ބައްދަލު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި ކަމަށްވެސް ކެޔޮޅުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.