ޚަބަރު
21 Nov 2024
ޚަބަރު
ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރާއި ފިޔޯރީ ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރަށުގެ ޒުވާނުން މިވަގުތު ފުޓުބޯޅަ ކުޅުމަށްޓަކައި ރަށުގެ ބޮޑު ސްޓޭޑިއަމްގައި ޓާފު އެޅުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލް ރައީސާއި ދާއިރާގެ މަޖިލީސް މެންބަރު އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ރަށުގައި އޭ.ޓީ.އެމް ގެ ޚިދުމަތް ނެތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެބޭފުޅުން ޙިއްޞާކުރެއްވިއެވެ.
21 Nov 2024
ޚަބަރު
ރައީސް ވިދާޅުވީ ޤާނޫނު އަސާސީއަށް ކުއްލި ގޮތަކަށް ގެނައި އިސްލާޙަކީ، ހަމަޖެހުން ޤާއިމްކުރުމަށް ގެނައި ބަދަލެއް ކަމަށް!
އެމަނިކުފާނު ރޭ އިނގިރޭސި ވިލާތަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން ދެއްވި މި އިންޓަރވިއުގައި ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވުން ކަމަށާއި، އެހެންނަމަވެސް މިއަދު ގެނައި އިޞްލާޙާއެކު އެކަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރަން ޖެހޭގޮތަށް ކަނޑައެޅުނީ ކަމުގައި ރައީސް ވިދާޅުވިއެވެ.
20 Nov 2024
ޚަބަރު
އެއްދުވަހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީޤު ކުރެއްވުމަށްފަހު ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަކަށް ވަޑައިންނަވަނީ އެގައުމުގައި ހުރި ދަރިކަނބަލުންގެ ގާތަށެވެ.
20 Nov 2024
ޚަބަރު
12 ގަޑިއިރު ތެރޭގައި ޤާނޫނު އަސާސީ ބަދަލުކޮށްލައިފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ ހެނދުނު 9:00ގައި ފެށި މަޖިލީހުގެ ޖަލްސާގައެވެ. އަދި ހެނދުނު 11:50ގައި ބިލް މަޖިލީހަށް ބަލައި ގަތުމަށާއި ކޮމިޓީއަށް ފޮނުވުމަށް ވޯޓު ނެގި އިރު، މަޖިލީހުގެ ޖަލްސާ ނިންމައި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ފެށީ 12:30ގައެވެ. އަދި މެންދުރުފަހު 1:30ގައި ކޮމިޓީން ބިލް ފާސްކޮށް، ހަވީރު 5:30ގައި މަޖިލީހުގެ ޖަލްސާ ބާއްވައި ބިލް ވަނީ ފާސްކޮށްފައެވެ. އަދި މިރޭ 20:30ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިބިލްތަސްދީޤު ކުރައްވައި ގެޒެޓް ކުރައްވާފައެވެ.
17 Nov 2024
ޚަބަރު
ާދާލަން ކެރިއަރ އެކްސްޕޯ 2024 ގައި އެމް.އޭ.ސީ.އެލްގެ ސްޓޯލަށް ބޮޑުތަރުހީބެއް
މިގޮތުން އެމް.އޭ.ސީ.އެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފެއަރގެ ތެރެއިން ވަނީ ވަޒީފާގެ ލިޔުން ހަވާލުކޮށްފައި ކަމަށާއި، އެ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފު ކަމުގައިވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
17 Nov 2024
ޚަބަރު
މިއީ އުއްމީދެއް އަމާޒެއް ނެތް ސަރުކާރެއް: ކުރީގެ ރައީސް އިބޫ
އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރަށް 1 އަހަރު ފުރުމާއި ދިމާކޮށް، ރާއްޖޭގެ އަމިއްލަ ޓީީވީ ސްޓޭޝަނެއް ކަމުގައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުން ވަނީ މާޔޫސް ކަމެއްގެ ތެރެއަށް ރައްޔިތުން ވައްޓާލާފައި ކަމަށެެވެ.
17 Nov 2024
ޚަބަރު
ރާއްޖެ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަދެ އުޅުނު ބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދައިފި
އެންއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި އެބޯޓު ހޯދައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ އެވެ.
17 Nov 2024
ޚަބަރު
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައި އިސްލާޙް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
މި އިޞްލާޙުގެ ދަށުން، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ ސުމެއް ޕޮއިންޓް އެކެއް އިންސައްތައާއި ސުމެއް ޕޮއިންޓް ދޭއް އިންސައްތައާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
16 Nov 2024
ޚަބަރު
ކުރީ ސަރުކާރުގެ ފްލެޓް ލިސްޓް މި ސަރުކާރަށް އަހަރު ދުވަހުން ޗެކްކޮށް ނުނިންމުނު
ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ފްލެޓަށް އެދި ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތް ނިންމުމަށް އަދިވެސް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެނޫސް ބަޔާނުގައި ބުނެފައި ވަނީ، އެ މަސައްކަތްތަށް އިތުރު މުއްދަތު ހޭދަވަމުން ދިޔަ ކަމުގައި ވިޔަސް، ސަރުކާރުގެ މަޤުޞަދަކީ އެ ސްކީމުން ފުލެޓު ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމާ އެކު، އެ ސްކީމުގެ ދަށުން ތަރައްގީ ކުރާ ފުލެޓުތައް ދޫކުރެވެނީ ހައްގުވެރީންނަށްކަން ޔަގީންކުރުން ކަމުގައި އެމިނިސްޓްރީން ވަނީ ބުނެފައެވެ.
16 Nov 2024
ޚަބަރު
އައު ޚިދުމަތްތަކާއި އެކު ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލް މިއަދު އަލުން ހުޅުވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި އިފްތިތާޙްކޮށްދެއްވި ޚިދުމަތް ތަކުގެ ތެރޭގައި، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ.، އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ޚިދުމަތްތައް ހިމެނެއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ. އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ބައްލަވާލައްވައި، އެތަންތަނުން ދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
16 Nov 2024
ޚަބަރު
2025 ވަނަ އަހަރު ނިމޭއިރު، ހުރިހާ އަތޮޅަކުންވެސް މާލެ ނައިސް އައިޑިކާޑާއި ޕާސްޕޯޓު ހެއްދޭނެ
އަދި މީގެ އިތުރުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ހދ. އަތޮޅަށް ވަނީ ފުޅާކޮށްފައެވެ. މިގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ އަދި ކުޅުދުއްފުށީ ސިޓީން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް މިއަދު ވަނީ ފޯރުކޮށްދޭން ފަށާފައެވެ.
16 Nov 2024
ޚަބަރު
އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު އަޅަން ހަވާލުކޮށްފި
މި އެއްބަސްވުމުގައި، ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބެވެ. މީގެ އިތުރުން މިމަޝްރޫޢާއި ގުޅޭ ފަހުމުނާމާގައި، މި އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު ސޮއެކޮށް މި މަޝްރޫޢާއި ގުޅޭ ގިނަ މަސައްކަތްތަކެއް ވަނީ ކުރިޔަށް ގެން ގޮސްފައެވެ.
15 Nov 2024
ޚަބަރު
ރައީސް ޔާމީންގެ ދައުރުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވައިފި
ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރެއްވީ ރައީސް ޔާމީނުގެ ސަރުކާރުގައި ނަމަވެސް އެ އިމާރާތް ނިމި ބޭނުން ކުރަންފެށުނީ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ. މިގޮތުން އެ ހޮސްޕިޓަލްގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ ފަސްއަހަރުގެ ތެރޭގައިވެސް އެހޮސްޕިޓަލްގެ ހުރިހާ ބައެއް ފުރިހަމަކޮށް ބޭނުންކުރަން ފަށާފައެއް ނުވެއެވެ.
15 Nov 2024
ޚަބަރު
ފަލަސްޠީނުގެ މިނިވަންކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ: ރައީސް
ފަލަސްޠީނުގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި މެސެޖުގައި، ފަލަސްޠީނުގެ މިނިވަންކަން އިޢުލާން ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ނުހަނު ތަޢުރީފު ކުރައްވާފައިވެއެވެ.
15 Nov 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަކީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްތީނުގެ ޙައްޤުޤައި މާނަހުރި ބަދަލުތަކެއް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ.
14 Nov 2024
ޚަބަރު
މިހާރު ގުރޭޑް 9ގައި ތިބި ދަރިވަރުން ދޮޅުއަހަރު ގްރޭޑް 10ގައި ތިބެން ޖެހިދާނެ
2025 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައި ވާއިރު، މިސަރުކާރުން ކުރިން ޕްލޭން ކުރި ގޮތަށް، އޮކްޓޫބަރު ނޮވެމްބަރު މަހުގައި ކެމްބްރިޖް އޯލެވެލް އިމްތިހާނު އޮންނާނެކަމަށް ކަލަންޑަރުގައި ހިމަނާފައެއް ނުވެއެވެ. ދިރާސީ އަހަރު ބަދަލު ކުރުމަށް މިސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކުރީ ސަރުކާރުގައި، އޯލެވެލް އިމްތިހާނު މެއިޖޫންއަށް ބަދަލުކޮށްފައި އޮތް އޮތުން 2025 ވަނަ އަހަރުން ފެށިގެން އޮކްޓޫބަރު ނޮވެމްބަރަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ.