Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން --

20 Nov 2024
ޚަބަރު

އެއްދުވަހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީޤު ކުރެއްވުމަށްފަހު ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ޤާނޫނު އަަސާސީއަށް މިއަދު ގެނައި ބަދަލުތައް ތަސްދީޤު ކުރެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިރޭ ވަނީ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމުގައި އެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަކަށް ވަޑައިންނަވަނީ އެގައުމުގައި ހުރި ދަރިކަނބަލުންގެ ގާތަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އިރު، މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ވަރަށް ކުއްލި ގޮތަށް ޤާނޫނު އަސާސީއަށް އިސްލާޙްތައް ހުށައަޅައި ފާސްކޮށްފައެވެ. އޭގެ ތެރެއިން ޤާނޫނު އަސާސީއަށް ގެނައި އެންމެ ބޮޑު ބަދަލަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑިގެއްލޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙެވެ. މިއިސްލާޙް ޤާނޫނު އަސާސީގައި ހިމަނައި 12 ގަޑިއިރު ތެރޭގައި ޤާނޫނު އަސާސީ ބަދަލުކޮށްފައި ވަނީ، އެމަނިކުފާނު ފުރާވަޑައިގެންނެވުމުގެ ކުރިން އެކަން ނިންމެވުމުގެ ގޮތުން ކަމުގައިކަން އެނގިފައިވެއެވެ. 

އެމްއެމްއޭއަށް ޑޮލަރު މާރުކުރުމަށް ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ދެކޮޅުހަދާފައިވާ މިދަނޑިވަޅުގައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރާއި ދެކޮޅު ހަރަކާތްތަކެއް ހިނގައިފާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓިޑިފެކްޝަން ޤާނޫނު އުވާލުމަށްވެސް އަމިއްލަ ފަރާތަކުން އޮތީ ހުށައަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.