Advertisement

ފުލުހުންގެ އިދާރާ ==

28 Nov 2024
ޚަބަރު

މިއަދު މަރުވި މީހާއަކީ ކެފޭއެއްގައި އިންދައި މެއަށް ތަދެއް އެެރި މީހެއް: ފުލުހުން

މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔަކަމަށް ކުރިން ބުނި މީހާއަކީ، އާޓިފިޝަލް ބީޗު ކެފޭއެއްގައި އިންދައި މެއަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދެވުނު މީހެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެންމެ ފުރަތަމަ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައި ވަނީ އެމީހާ ފެނުނީ، އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓިފައި އޮއްވައި ކަމަށެވެ. އެހެން ނަމަވެސް އެއީ މައުލޫމާތު ލިބުމުގައި އެރި އޮޅުމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ހާދިސާގައި ނިޔާވެފައި ވަނީ، ސ. ހިތަދޫ ސޯސަންގެ، އަޙްމަދު ޝަރީފް (53އ)އެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އޭނާ ނިޔާވީ، މިއަދުގެ ހެނދުނު 10:03 ހާއިރުގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މަރުގެ އެ މައްސަލަ ތަޙްޤީޤު ކުރަމުންގެންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.