Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

16 Nov 2024
ޚަބަރު

2025 ވަނަ އަހަރު ނިމޭއިރު، ހުރިހާ އަތޮޅަކުންވެސް މާލެ ނައިސް އައިޑިކާޑާއި ޕާސްޕޯޓު ހެއްދޭނެ

2025 ވަނަ އަހަރު ނިމޭއިރު، ހުރިހާ އަތޮޅަކުންވެސް މާލެ ނައިސް އައިޑިކާޑާއި ޕާސްޕޯޓު ހެއްދޭނެ މަގުޗާޓެއް އެކުލަވާލައި މިއަދު އިފްތިތާޙްކޮށްފިއެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މި މަސައްކަތުގެ ދަށުން، މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅުގައި ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

އަދި މީގެ އިތުރުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ހދ. އަތޮޅަށް ވަނީ ފުޅާކޮށްފައެވެ. މިގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ އަދި ކުޅުދުއްފުށީ ސިޓީން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް މިއަދު ވަނީ ފޯރުކޮށްދޭން ފަށާފައެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަގުޗާޓު:

- 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ދ. ކުޑަހުވަދޫ އާއި ހދ. ކުޅުދުއްފުށީގައި މި ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހދ. މަކުނުދޫގައި ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 މާރިޗުމަހުގެ ނިޔަލަށް ގދ. ތިނަދޫ އަދި ގދ. ގައްދޫގައި މި ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 ވަނަ އަހަރުގެ އެޕްރިލް މަހުގެ ނިޔަލަށް އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫގައްޔާއި ފުވައްމުލައް ސިޓީގައި މި ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް ހއ. ދިއްދޫ، ހއ. އިހަވަންދޫ، ރ. އުނގޫފާރު އަދި ރ. އަލިފުށީގައި މި ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް، ށ. މިލަންދޫ އާއި ށ. ފުނަދޫ އާއި ލ. ފޮނަދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނ. ވެލިދޫ އާއި ތ. ވޭމަންޑޫގައި މި ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އދ. މަހިބަދޫ އާއި ބ. ދަރަވަންދޫގައި މި ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޅ. ނައިފަރު އަދި ފ. ނިލަންދޫގައި މި ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް، މ. މުލި އަދި އއ. ރަސްދޫގައި މި ޚިދުމަތް ޤާއިމުކުރުމަށާއި،

- 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވ. ފެލިދޫ، ކ. ތުލުސްދޫ އަދި ކ. ގުރައިދޫގައި މި ޚިދުމަތް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ރައްޔިތުން ތިބި ހިސާބަކުން ފޯރުކޮށްދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.