ޚަބަރު
07 Nov 2024
ޚަބަރު
ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ ސެލޫންނެއް ބަލައި ފާސްކޮށް ފަސް މީހުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުންނެވެ.
07 Nov 2024
ޚަބަރު
ސްކޫލު ކުއްޖެއްގެ ދަބަސް ވަގަސް ނެގި މީހާ ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ނޮވެންބަރު 5 ވަނަ ދުވަހުގެ 08:48 ހާއިރު އަމީރު އަހުމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބާއްވާފައި އޮތް ސްކޫލް ދަބަހެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ހިފާޒް، އަޙްމަދު މާޖިދު (33އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ވަނީ ކޯޓު އަމުރުއްގެ ދަށުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
07 Nov 2024
ޚަބަރު
އެއަރޕޯޓްގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވައިފި
މިއަދު އިފުތިތާހުކޮށްދެއްވި އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ރައީސުލްޖުމްހޫރިއްޔާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައިވާގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއާޕޯޓަކަށް މި އެއާޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
07 Nov 2024
ޚަބަރު
އިތުރު 19 ރަށަކަށް އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތްދެނީ
މި ރަސްމިއްޔާތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭ.ޓީ.އެމް ޚިދުމަތް ފުޅާކުރުމާބެހޭގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި އިސްލާމިކް ބޭންކާއި ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމްނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.
07 Nov 2024
ޚަބަރު
ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްތައް ބެހެއްޓުމުގެ މަޝްރޫޢެއް ފަށައިފި
މި މަޝްރޫޢުގެ ދަށުން ފުރަތަމަ އިފްތިތާޙުކުރި އޭ.ޓީ.އެމް. އަކީ އދ. އޮމަދޫގައި ޤާއިމުކުރެވުނު އޭ.ޓީ.އެމް އެވެ. މިވަގުތު ދިވެހިރާއްޖޭގައި ބީ.އެމް.އެލް ގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ދިވެހިރާއްޖޭގައި 250 އަށްވުރެ ގިނަ އޭ.ޓީ.އެމް ޤާއިމުކުރުމަކީ މިއަދު ފެށި މަޝްރޫޢުގެ އަމާޒެއް ކަމުގައި ސަރުކާރުން ހާމަކުރައްވާފައިވެއެވެ.
07 Nov 2024
ޚަބަރު
ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމްކުރުމަށް 13 ފަރާތަކަށް ލޯނު ހަމަޖައްސައިދީފި
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ "ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު" ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް ފައިނޭންސް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމަވައި، އެކަމަށް އެދޭ ފަރާތްތަކުން ލޯނަށް އެދި ހުށައެޅުމަށް މިހާރު ވަނީ އިއުލާނުވެސް ކުރައްވާފައެވެ. މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ދައްކައިދޭނީ ސަރުކާރުންނެވެ.
07 Nov 2024
ޚަބަރު
ގއ. ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން ކޫއްޑޫގައި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ، ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑާއެވެ. މިމަޝްރޫޢަކީ، ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
07 Nov 2024
ޚަބަރު
ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭ ނިޒާމެއް ޤާއިމް ކުރަނީ
މިރަސްމިއްޔާތުގައި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުންކަމަށެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ މަހު ވަނީ، ހުޅުމާލޭގައި ސެޓަޕް ޤާއިމުކޮށްފައެވެ. އަދި ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފް.އެސް.އެމް ޝެޑުން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުންދާކަމަށާއި، ފެބްރުއަރީ 2025 ވަނަ އަހަރު އަންނަންވާއިރަށް، އައްޑޫ ސިޓީ ހުޅުމީދޫގައި ސެޓަޕް ޤާއިމުކުރުމަށް ވަނީ ތާވަލުކޮށްފައިކަމަށް ޝިމާދް ވިދާޅުވިއެވެ.
07 Nov 2024
ޚަބަރު
މުދައްރިސުން ތަމްރީނުކުރުމަށް ޤައުމީ ފެންވަރުގައި ޕްރޮގްރާމެއް ހިންގަވަނީ
މިއަދު އިފްތިތާޙްކުރި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި ތަޢުލީމީ ދާއިރާގައި ދޭސީ މުދައްރިސުން އިތުރުކުރުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން މަތީ ސާނަވީ ތަޢުލީމު ނިންމުމަށްފަހު ނިކުންނަ ދަރިވަރުންނަށް އަމާޒުކޮށް ފެށި ތަމްރީނު ޕްރޮގްރާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
07 Nov 2024
ޚަބަރު
ރައީސް ޑރ މުއިއްޒު ކަންކުރައްވަމުން ގެންދަވާ ގޮތުން މާލީ ހާލަތު ވަނީ އިތުރަށް ގޯސްވެފައި: ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާޢީދުކުރެއްވުނީތީވެސް އެކަމާއި މެދު މިހާރު ހިތާމަފުޅު ކުރައްވާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ވާހަކަފުޅުތައް ދިމާ ނުވާކަމަށާއި ވެވަޑައިގެންނެވި ވަޢުދުތައްވެސް ނުފުއްދަވާތީ، ރައީސް ޑރ މުއިއްޒުގެ މަޤުބޫލުކަން ގެއްލެމުންދާކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
07 Nov 2024
ޚަބަރު
ރައްޔިތުންނަށް ގެއްލުންވާގޮތަށް ކުރާކަންކަން މަޖިލިސް ތެރެއިން ހުއްޓުވޭކަށް ނެތް: މައުރޫފް
އޭނާ މިހެން ވިދާޅުވީ، ބުދަ ދުވަހު އެމްޑީޕީން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިވަގުތި ތިއްބެވީ 12 މެމްބަރުން ކަމުގައި ވާއިރު، މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތީ ޕީއެންސީއަށެވެ. އެކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ.
07 Nov 2024
ޚަބަރު
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއް އަނދައި ހުލިވެއްޖެ
އެމްއެމްޑީއެފުން ވިދާޅުވީ، ރޭ ފަތިހު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އަލިފާން ރޯވީ ހުޅުމާލެ ފަޅުތެރޭގައި، ވެމްކޯ ޖެޓީ ސަރަހައްދުގައި ސަފާރީތައް އަޅާ ސަރަހައްދުގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައެވެ.
06 Nov 2024
ޚަބަރު
ކުރީގެ ސަފީރު ހަލީލަށް އޯޑާ އޮފް ދަ ރައިޒިން ސަންގެ އިއްޒަތް ދެއްވައިފި
މި އިއްޒަތް އެރުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވަނީ، ޖަޕާނުގެ އިމްޕީރިއަލް ޕެލެސްގައެވެ. އޯޑާ އޮފް ދަ ރައިޒިން ސަންގެ އިއްޒަތުގެ ރަންތަރި އާއި ރިހިތަރި ހަވާލުކޮށްދެއްވައި، ޚަލީލަށް މިއިއްޒަތް އެރުއްވީ، ޖަޕާނުގެ އެމްޕެރަރ ނަރުހީޓޯއެވެ.
06 Nov 2024
ޚަބަރު
މާސްޓަރ ޕްލޭން އެކުލަވާލުމުގައި ހުރިހާ ފަރާތްތަކެއް ބައިވެރިކުރާނެ: ރައީސް
މިރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް، ޤައުމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ފައިދާވާނޭ ގޮތަށް މި ޕްލޭން ރާވާ، ތަންފީޒުކުރުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އަދި، މިޕްލޭން ރާވާ، ފުރިހަމައަށް ތަންފީޒުކުރެވިއްޖެނަމަ، ރާއްޖެއަކީ 2040 ވަނަ އަހަރުގެ ކުރިން، ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ގިންތިކުރެވިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
06 Nov 2024
ޚަބަރު
ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި
ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން ތައްޔާރު ކުރުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށާފައި ވަނީ މިއަދު ހެނދުނުއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ވަނީ މަޝްވަރާ ބައްދަލުވުން ޝަރަފްވެެރިކޮށްދެއްވާފައެވެ.
06 Nov 2024
ޚަބަރު
ރައީސް ޑރ. މުޢިއްޒު ޓްރަމްޕަށް މަރުޚަބާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ލިޔުއްވި ޕޯސްޓްުގައި ވިދާޅުވީ، ޓްރަމްޕްގެ އައު ޒަޢާމަތުގައި ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން މިހާރަށްވުރެ ބަދަހިވާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، ބައިނަލްއަޤުވާމީ މައްސަލަތަކުގައި ދެ ޤައުމުގުޅިގެން މަސައްކަތް ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.