Advertisement

ދިރާގު ރޯޑުރޭހުގެ ބައިވެރިންތަކެއް --

07 Nov 2024
ޚަބަރު

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024 ގައި ދުވުމުގެ ތެރޭގައި ޞިއްޙީ މައްސަލައެއް ދިމާވި މީހާ ނިޔާވެއްޖެ

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024 ގައި ދުވުމުގެ ތެރޭގައި ޞިއްޙީ މައްސަލައެއް ދިމާވި, މއ. ރިއޯ ގްރޭންޑް، އުމުރުން 45 އަހަރުގެ، އަލީ އުމަރުމަނިކު (އޮރެގާނޯ އައްޔަ) މިރޭ ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ، ހާޓް އެޓޭކެއް ޖެހި ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިރޭގައެވެ. އޭނާގެ މައްޗަށް ކަށު ނަމާދުކުރުމާއި ޖަނާޒާ އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު، ހުުޅުމާލެ ސަހަރާގައެވެ.

އަލީ އުމަރުމަނިކު (އޮރެގާނޯ އައްޔަ) ނިޔާވުމާއި ގުޅިގެން ދިރާގުންވެސް ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ.

ދިރާގުގެ ޓްވީޓް --

މިދިޔަ އޮކްޓޯބަރު 25 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި، ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024 ގައި، 5 ކިލޯމީޓަރުގެ ދުވުން ނިންމުމަށް ކަނޑައަޅާފައިވާ ސަރަހައްދާ ކައިރިވެފައި ވަނިކޮށް އޭނާ ވެއްޓުނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އެހެން ނަމަވެސް އޭނާއަށް ފަރުވާދޭން ފެށުމަށް 10 މިނިޓަށްވުރެ ގިނަ ވަގުތު ހޭދަވިކަމަށާއި، އެކަށީގެންވާ ޞިއްޙީ ފަރުވާ ނުދެވުނު ކަމަށާއި، އަދި އޭނާ މަރުވާން ދިމާވީ އިހުމާލުން ކަމުގައި ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.