Advertisement

އާބަން އޮޕަރޭޝަން ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

07 Nov 2024
ޚަބަރު

ހަނގުރާމަވެރި ތަމްރީންތަކަކަށް އޮޅިގެން ފޮނުވުނު އެޗްޑީސީގެ މުވައްޒަފުން މާލެ ގެނެސްފި

އިންޑއާގެ ސަރްދާރް ވައްލައްބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީން ހިންގާ، ހަނގުރާމަވެރި ހާލަތްތަކާއި ޓެރަރިޒަމްގެ ނުރައްކާތެރިކަން އޮތް ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދޭ، އާބަން އޮޕަރޭޝަސް ކޯހުގައި، އޮޅިގެން ބައިވެރި ކުރެވުނު އެޗްޑީސީގެ މުވައްޒަފުން އަނބުރާ މާލެ ގެނެސްފިއެވެ.

އެމުވައްޒަފުން މާލެ ގެެނެސްފައި ވަނީ ބުދަ ދުވަހު ހަވީރުއެވެ. އޮޅިގެން އެޗްޑީސީގެ މުވައްޒަފުން ފޮނުވާފައި ވަނީ، އިންޑިއާގ ޕޮލިސް އެކަޑަމީން ފުލުހުންނަށް ހިންގާ ކޯހަކަށެވެ. މިކޯހަށް އެޗްޑީސީގެ 3 މުވައްޒަފަކު ވަނީ ފޮނުވާފައެވެ.

މުވައްޒަފުން ފޮނުވުނީ އެޗްޑީސީއާ ނުގުޅޭ ކޯހަކަށްކަން އެނގުނު އިރު މިކޯހުގެ ފުރަތަމަ ސެޝަންތަކުގައި އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކުރިން އާބަންކޯގެ ނަމުގައިވެސް ހިންގި އެޗްޑީސީގެ މުވައްޒަފުން، އެކޯހަށް ފޮނުވުމަށް އެޗްޑީސީއަށް އެޕްރޮގްރާމްގެ މައުލޫމާތު ފޮނުވީ ސަރުކާރުގެ ކަމާއި ގުޅޭ އެހެން މުއައްސަސާއަކުންނެވެ. 

މި މަހުގެ 4-8 ކުރިޔަށް ގެންދާ މިކޯސް ނިމޭނީ ހުކުރު ދުވަހުގައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.