ޚަބަރު
ޚަބަރު
31 Oct 2024
ޚަބަރު
ފައްސަތޭކަ ރުފިޔާގެ ވަގުނޫޓު ދައުރުވަނީ، ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސައްހަ ނޫން ފައިސާއިން މުއާމަލާތްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން އަންގާރަ ދުވަހު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
31 Oct 2024
ޚަބަރު
އިންޑިއާއިން ރާއްޖެއަށް 1.6 ބިލިޔަން ރުފިޔާގެ ހިލޭ އެހީ
ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމަށް ފޯރުކޮށްދޭ ޤައުމަކީ އިންޑިއާ ކަމުގައި ވާއިރު، ބަޖެޓު ސަޕޯޓަށާއި، ދައުލަތުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އަބަދުވެސް އިންޑިއާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
31 Oct 2024
ޚަބަރު
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހުށައެޅި އެންމެ ބޮޑު ބަޖެޓަކީ އަންނަ އަހަރުގެ ބަޖެޓު
މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިހަފްތާގައި މަޖިލީހުން ފާސްކޮށްދިން 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާއި އެކު މިއަހަރުގެ ބަޖެޓުވެސް 55 ބިިލިއަނަށް އަރައެވެ. އެހެން ނަމަވެސް މިއަހަރަށް ފާސްކުރި ބަޖެޓުގެވެސް ދެބައިކުޅަ އެއްބަޔަކީ ދަރަންޏެވެ.
30 Oct 2024
ޚަބަރު
ސަރުކާރުން ގެންނަން އުޅޭ ޤާނޫނީ ބަދަލުތަކާއި ދެކޮޅަށް އެމްޑީޕީން ތެދުވާނެ ކަމުގެ އިންޒާރުދީފި
އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރުތެރޭ ރައްޔިތުންގެ ބާރުވެރިކަން ގާއިމުކުރުމަށާއި، ހުދުމުހުތާރުވެރިކަމަކުން އުފެދޭ ބޭއިންސާފާއި އަނިޔާވެރިކަން ގަބޫލުނުކުރާ ފިކުރު އަށަގެންނެވުމަށް އެމްޑީޕީ އިން ކުރަމުން ގެންދިޔަ މަސައްކަތް މިސަރުކާރުން އެގެންދަނީ ރޫޅާލަމުން ކަމަށެވެ.
30 Oct 2024
ޚަބަރު
އަންހެނުންގެ ޢާލަމީ ރީތީގެ މުބާރާތުގައި ދިވެހި ޒުވާނަކު ބައިވެރިވުން ސަރުކާރުން ކުއްވެރިކޮށްފި
މެކްސިކޯގައި ނޮވެމްބަރު މަހު 17، ގައި ބާއްވާ 73 ވަނަ މިސް ޔުނިވާސްގައި ރާއްޖޭގެ ފަރާތުން ވާދަ ކުރާ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމްއަކީ، ރާއްޖޭގައިވެސް މޮޑެލްކުރުމުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. އަދި އޭނާ ވަނީ، 2022 ވަނަ އަހަރު އޮތް ޓޮޕް މޮޑެލް މޯލްޑިވްސް ގެ އެއްވަނަ މަޤާމުވެސް ހޯދާފައެވެ.
30 Oct 2024
ޚަބަރު
ރިޔާސީ ވަޢުދާއި އެއްގޮތަށް މަސްވެރިންނަށް ފައިސާދޭން ދަނީ މަސައްކަތް ކުރަމުން: ރައީސް
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުޢިއްޒުގެ ރިޔާސީ މުޙިއްމު ވަޢުދެކެވެ. އެހެން ނަމަވެސް ވެރިކަމުގެ ފުރަތަމަ އަހަރު ނިމިގެން ދާއިރު އެވަޢުދު ހާސިލްކުރެވިފައި ނުވާތީ ސިޔާސީ ފަރާތްތަކުގެ ފާޑު ކިޔުންތައް ވަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުވެފައެވެ.
30 Oct 2024
ޚަބަރު
ދެ ޤައުމަކަށް ކަނޑައެޅުއްވި ސަފީރުންނަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފި
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާ ފައިވާ، ސަފީރަކީ، މާފަންނު ބީނާފުށި، އަލްފާޟިލާ ޢާއިޝަތު ޢަޒީމާއެވެ. އަދި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަލްފާޟިލް އަޙްމަދު ސަރީރެވެ.
29 Oct 2024
ޚަބަރު
އިންދިރާ ޕްރޮޖެކްޓާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު ވަނީ އިތުރުފުޅު ހައްދަވާފައި: ފައްޔާޒް
މިސްޓަރ ފައްޔާޒު ވަނީ އެމައްސަލައިގައި ހޯމް މިނިސްޓަރު އިތުރުފުޅު ހައްދަވައި، ތަފާތު އެކި ޕްލެޓްފޯމްތަކުގައި ވާހަކަފުޅުތައް ދައްކަވަމުން ގެންދަވާތީ އިންދިރާ ޕްރޮޖެކްޓްގެ ކަންކަން ބައްލަވައި ދެއްވުން އެދި އޭސީސީގެ ރައީސް އާދަމް ޝާމިލަށާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއަށް ސިޓީ ފޮނުއްވާފައެވެ. އޭސީސީއަށާއި ފުލުހުންނަށް ފައްޔާޒް ފޮނުއްވި ސިޓީގައިވަނީ، މިނިސްޓަރ އިޙްސާން ކުރައްވަމުންގެންދަވާ ތުހުމަތުތައް ބައްލަވައި އެކަންކަމާއި ގުޅޭ ތެދު މައުލޫމާތު ހާމަކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
29 Oct 2024
ޚަބަރު
ގޯތި ގުރުއަތުލުން ކުރިޔަށް ދަނިކޮށް ފޮށިބަންޑުންވެއްޖެ
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ލިބޭ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިޔަށް ދަނީ، ދަރުބާރު ގޭގައެވެ. އަދި ގޯތި ލިބުނު މީހުންނަށް ގުރުއަތު ކަރުދާސްކޮޅު ނަގަށް ފުރުޞަތު ނުދީ، ފޮށިން ކަރުދާސްކޮޅު ނަގަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އެމިނިސްޓްރީގެ މުވައްޒަފުންނެވެ.
29 Oct 2024
ޚަބަރު
ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން ފާސްކޮށްދީފި
މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ސަޕްލިމެންޓްރީ ބަޖެޓްގެ ޖުމުލަ އަދަދަކީ، 5.1 ބިލިއަން ރުފިޔާއެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށައެޅި އިރު، މިއަހަރަށް ފާސްކުރި ބަޖެޓުން ކުރި ޚަރަދު ތަފްޞީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި ބަޖެޓް ދިރާސާކުރި ކޮމިޓީއަށްވެސް ވަނީ އެމައުލޫމާތު ސިއްރުކުރިއެވެ.
29 Oct 2024
ޚަބަރު
އާސަހަރާގެ އިންފާރު ބައުވެ ތަޅާލަން ފަށައިފި
މާލޭ ސިޓީ ކައުންސިލުން ހާަމަކޮށްފައިވާ ގޮތުގައި، އާސަހާރާގެ ވެއްޓެން ކައިރިފައި ހުރި ވަށާ ފާރު ނަގައި ސަހަރާ ރީތިކޮށް ހުޅުވިފައި އޮންނަ ހިތްފަސޭހަ ސާފުތާހިރު ތަނަކަށް ހެދުމުގެ މަސައްކަތް އެކައުންސިލުން އަންނަނީ ކުރަމުންނެވެ.
29 Oct 2024
ޚަބަރު
ފަރުމަސްވެރިކަމުގެ ލޯނަށް އެދި ހުށައެޅި 37 ފަރާތަކަށް ލޯނު ހަމަޖައްސައިދީފި
ފަރުމަސްވެރިކަމާއި ފަރުމަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ހުޅުވާލި ލޯނަށް އެދި އެހުށައެޅުމުގެ މުއްދަތު ހަމަވިއިރު، 121 ފަރާތަކުންވަނީ ލޯނަށް އެދި ހުށައަޅާފައި ކަމުގައި ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ލޯނަށް އެދި ހުށައެޅި ފަރާތްތަކުގެ އަދަދު ގިނަވުމާއިއެކު، 20 މިލިއަން ރުފިޔާ ދޫކުރުމަށް ކަނޑައެޅި މި ސްކީމްގެ އަދަދު 30 މިލިޔަން ރުފިޔާއަށް އިތުރުކޮށް، ޖުމުލަ 62 ފަރާތަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމުގައި އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
29 Oct 2024
ޚަބަރު
ފްލެޓް ލިބޭ މީހުން އިޢުލާނުކުރާނީ އަންނަ މަހުގައި
ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ކުރިން ވިދާޅުވީ މިދިޔަ ހަފްތާގައި ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމު ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް ބައެއް މައްސަލަތައް ދިމާވެގެން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާއްމު ކުރުން ނޮވެމްބަރު މަހަށް ފަސްކޮށްފައިވާ ކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
29 Oct 2024
ޚަބަރު
ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ހުރިހާ ގޯތި ހަވާލުކޮށް ނިންމައިފި
ހައުސިންގ މިނިސްޓްރީން އިއްޔެ ހާމަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކުރުމަށް ކުރި މަސައްކަތުން ހުރިހާ ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް އިއްޔެގެ ނިޔަަލަށް ވަނީ ނިމިފައެވެ.
29 Oct 2024
ޚަބަރު
ލޭންޑް ޔޫސް ޕްލޭނަށް އެތައް ފަހަރަކު ބަދަލު ގެނައުމަށް ފަހު، ގުރުނެގުންވެސް ސަރުކާރުގެ އަތްމައްޗަށް!
ގިރާވަރުފަޅާއި ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންނަށް، ގޯތި ލިބުނު ސަރަހައްދުތައް ކަނޑައަޅައި ބިމުގެ ރަޖިސްޓްރީވެސް ދޫކޮށްފައި ވަނިކޮށް، މިހާރުގެ ހައުސިން މިނިސްޓްރީން ވަނީ އެ ދެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް އަލުން، ގޯތި ލިބުނު މީހުންނަށް ގޯތި ލިބޭ ތަން ކަނޑައެޅުމަށް ގުރުއަތުލުން ބޭއްވުމަށް ނިންމާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ތިން ފަހަރަށް ބަދަލު ގެނެސްފައި ވާއިރު، އެންމެ ފަހުން ގެނައި ބަދަލުތަކާއި އެކު، އެޕްލޭން އާއްމުކުރީ ހޯމަ ދުވަހުގައެވެ.
28 Oct 2024
ޚަބަރު
އެއްވެސް ބަދަލެއް ނުގެނެސް ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ސަޕްލިމެންޓްރީ ބަޖެޓްގެ އަދަދަކީ، 5.1 ބިލިއަން ރުފިޔާއެވެ. މިބަޖެޓަކީ، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން، 49.8 ބިިލިއަން ރުފިޔާއިން ނުފުދޭތީ ސަރުކާރުން ހުށައެޅި ބަޖެޓެކެވެ.