Advertisement

އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒު އިސްމާޢީލް

30 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުން ގެންނަން އުޅޭ ޤާނޫނީ ބަދަލުތަކާއި ދެކޮޅަށް އެމްޑީޕީން ތެދުވާނެ ކަމުގެ އިންޒާރުދީފި

މިނިވަން މުއައްސަސާތަކުގެ ތެރެއިން، އޭސީސީ އާއި އީސީގެ ރައީސުންނާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ ގޮތަށް ޤާނޫނަށް ގެންނަން އުޅޭ އިސްލާޙް ތަކާއި ލާމަރުކަޒީ ޤާނޫނަށް އިސްލާޙްތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް އެމްޑީޕީން ތެދުވާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރުތެރޭ ރައްޔިތުންގެ ބާރުވެރިކަން ގާއިމުކުރުމަށާއި، ހުދުމުހުތާރުވެރިކަމަކުން އުފެދޭ ބޭއިންސާފާއި އަނިޔާވެރިކަން ގަބޫލުނުކުރާ ފިކުރު އަށަގެންނެވުމަށް އެމްޑީޕީ އިން ކުރަމުން ގެންދިޔަ މަސައްކަތް މިސަރުކާރުން އެގެންދަނީ ރޫޅާލަމުން ކަމަށެވެ. އަދި މިހާރު ހުށަހަޅާފައި ހުރި ބިލުތަކަކީ ރައްޔިތުންގެ ބާރުވެރިކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް އަސާސްތައް ކަފުން ކުރުމަށް މި ސަރުކާރުން ތަންފީޒުކުރަމުންދާ އެޖެންޑާގެ ތެރެއަށް އިތުރުވި ޖަރީމާއެއް ކަމުގައިވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

"ސަރުކާރެއް ބަދަލުވާއިރަށް ހައްގުތައް އުނިކޮށް މުޅި ނިޒާމު ބަދަލުކޮށްލުމަށް އޮންނަ ފުރުސަތު ނައްތާލުން މުހިންމު. މި ފާއިތުވެދިޔަ 16 އަހަރުގެ ތަޖުރިބާއިން އިބުރަތް ހާސިލުކޮށް ގާނޫނުއަސާސީއާ މެދު އަލުން ނަޒަރުހިންގައި، އެ ގާނޫނުއަސާސީން އެކަށައެޅި އުސޫލުތައް ނުރޫޅޭނޭ ގޮތަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ. އެމް. ޑީ. ޕީ އިން މި މަސައްކަތް ފަށާނަން."

އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒު އިސްމާޢީލް --

ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާޙެއް ހުށައަޅާފައެވެ. އެއިސްލާޙާއި ގުޅިގެންވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.