Advertisement

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ---

31 Oct 2024
ޚަބަރު

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހުށައެޅި އެންމެ ބޮޑު ބަޖެޓަކީ އަންނަ އަހަރުގެ ބަޖެޓު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައި ދެއްވި، ބަޖެޓުގެ  ޖުމުލަ އަދަދަކީ، 56.6 ބިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ފާސްކުރެވޭ އެންމެ ބޮޑު ބަޖެޓަށް ވާނެއެވެ.

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިހަފްތާގައި މަޖިލީހުން ފާސްކޮށްދިން 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާއި އެކު މިއަހަރުގެ ބަޖެޓުވެސް 55 ބިިލިއަނަށް އަރައެވެ. އެހެން ނަމަވެސް މިއަހަރަށް ފާސްކުރި ބަޖެޓުގެވެސް ދެބައިކުޅަ އެއްބަޔަކީ ދަރަންޏެވެ.

އަންނަ އަހަރަށް ލަފާކޮށް މިސަރުކާރުންވެސް ހުށައަޅާފައި ވަނީ ދަރަނި ބަޖެޓެކެވެ. ސަރުކާރުން އަންދާޒާ ކުރަނީ އަންނަ އަހަރު، ޓެކްސްތަކާއި ފީއާއި އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ އާމްދަނީ އަކީ، 39،8 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ހިލޭ އެހީތައްވެސް ހިމަނައިގެންނެވެ. އެއާއެކު މިއަހަރުގެ ބަޖެޓުގެ ދަރަނިވެސް އުޅޭނީ 10 ބިލިއަން ރުފިޔާގައެވެ.

މިއަހަރަށް ސަރުކާރުން ހުށައެޅި ބަޖެޓުގެ ޖުމުލަ ޚަރަދު ކަމުގައި ހިމަނާފައި ވަނީ 49 ބިލިޔަން ރުފިޔާއެވެ. އޭގެ ތެރެއިން 35.8 ބިލިޔަން ރުފިޔާއަކީ ރިކަރަންޓް ޚަރަދެވެ. ކެޕިޓަލކް ޚަރަދުގެ ގޮތުގައި 13.4 ބިލިޔަން ރުފިޔާ ހިމަނާފައި ވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.

މިއަހަރުގެ ބަޖެޓުގެ ދަރަނިވެސް 18 ބިލިއަން ރުފިޔާއަށް އަރައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.