Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު، ހީނާ ވަލީދު ---

31 Oct 2024
ޚަބަރު

ތަރައްޤީގެ މާސްޓަރ ޕްލޭން އިފްތިތާޙްކުރާ ރަސްމިއްޔާތަށް ޚަރަދު ކުރަނީ ދެލައްކަ ރުފިޔާއަށްވުރެވެސް މަދުން: ތަރުޖަމާނު

ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކުލަވާލާ ދިވެހިރާއްޖޭގެ ޤައުމީ ތަރައްްޤީގެ މާސްޓަރ ޕްލޭން އިފްތިތާޙް ކުރުމަށް ބާއްވާ ރަސްމިއްޔާތަށް ސަރުކާރުން ބޮޑު ހޭދައެއް ނުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ، އިޤުތިޞާދީ ގޮތުން ދަތި މިދަނޑިވަޅުގައި ސަރުކާރުންކުރާ އިސްރާފު ޚަރަދުތައް ބޮޑުކަން ހާމަކޮށް، ރާއްޖޭގެ އޮންލައިން ނޫހަކުން ފެތުރި ޚަބަރަކަށް ރައްދު ދެއްވައި ސޯޝަލްމީޑިއާގައި ލިޔުއްވި ޕޯސްޓްގައެވެ. ހީނާ ވިދާޅުވީ، އެއީ ގާތްގަނޑަކަށް ދެލައްކަ ރުފިޔާއަށްވުރެވެސް ކުޑަ ބަޖެޓަކުން މުޅި ރާއްޖެ ޝާމިލުވާގޮތަށް ހިންގަން ރާވަމުން އަންނަ ކަމެއް ކަމަށެވެ. 

އަަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖައްސާފައި ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ތަރައްްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާޙް ކުރުމަށް ބާއްވާ ރަސްމިއްޔާތެއް ކަމުގައި ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލުމަށް ނިންމައި އެކަމާއި ގުޅޭ މަސައްކަތްތައް ވިލަރެސް ކުރާނެ މުއައްސަސާއެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ، ހުސްވި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.