Advertisement

ގުރުއަތު ނެގުން ކުރިޔަށް ދަނީ ---

29 Oct 2024
ޚަބަރު

ގޯތި ގުރުއަތުލުން ކުރިޔަށް ދަނިކޮށް ފޮށިބަންޑުންވެއްޖެ

ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށްދަނިކޮށް، ގުރުއަތު ކަރުދާސް އަޅާފައިވާ ފޮއްޓެއް ބަންޑުންވެއްޖެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ލިބޭ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިޔަށް ދަނީ، ދަރުބާރު ގޭގައެވެ. އަދި ގޯތި ލިބުނު މީހުންނަށް ގުރުއަތު ކަރުދާސްކޮޅު ނަގަށް ފުރުޞަތު ނުދީ، ފޮށިން ކަރުދާސްކޮޅު ނަގަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އެމިނިސްޓްރީގެ މުވައްޒަފުންނެވެ. މިގޮތުން މިއަދު ގުރުއަތުލުން ހިނގަމުން ދަނިކޮށް، 1250 އަކަފޫޓުގެ ގޯތި ލިބިފައިވާ މީހުންގެ ގުރުއަތު ފޮށި ވަނީ ބަންޑުންވެފައެވެ. މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެކެޓަގަރީން ޖުމުލަ 669 މީހަކަށް ގޯތި ލިބިފައިވެއެވެ.

ގުޅިފަޅުގެ ކެޓަގަރީތައް؛

1250 އަކަފޫޓުގެ 669 ގޯތި

1650 އަކަފޫޓުގެ 1234 ގޯތި

2050 އަކަފޫޓުގެ 916 ގޯތި

2450 އަކަފޫޓުގެ 473 ގޯތި

2850 އަކަފޫޓުގެ 158 ގޯތި

3250 އަކަފޫޓުގެ 49 ގޯތި

3650 އަކަފޫޓުގެ 21 ގޯތި

ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ގޯތިލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުން ތަކާއިގުޅޭ މަޢުލޫމާތު މި މިނިސްޓްރީ އިން ފަހުން ޙިއްޞާ ކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.