Advertisement

އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާޢީލް --

29 Oct 2024
ޚަބަރު

އިންދިރާ ޕްރޮޖެކްޓާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު ވަނީ އިތުރުފުޅު ހައްދަވާފައި: ފައްޔާޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ރާއްޖޭގެ އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އެޅުމަށް ކުރިޔަށް ގެންދަން ރޭވި އިންދިރާ ޕޮްރޮޖެކްޓާއި ގުޅޭ ގޮތުން، މިހާރުގެ ހޯމް މިނިސްޓަރ ޢަލީ އިޙްސާން އެކިއެކި ޕްލެޓްފޯމްތަކުގައި، އިތުރުފުޅު ހައްދަވާފައިވާ ކަމުގައި، ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިސްޓަރ ފައްޔާޒު ވަނީ އެމައްސަލައިގައި ހޯމް މިނިސްޓަރު އިތުރުފުޅު ހައްދަވައި، ތަފާތު އެކި ޕްލެޓްފޯމްތަކުގައި ވާހަކަފުޅުތައް ދައްކަވަމުން ގެންދަވާތީ އިންދިރާ ޕްރޮޖެކްޓްގެ ކަންކަން ބައްލަވައި ދެއްވުން އެދި އޭސީސީގެ ރައީސް އާދަމް ޝާމިލަށާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއަށް ސިޓީ ފޮނުއްވާފައެވެ. އޭސީސީއަށާއި ފުލުހުންނަށް ފައްޔާޒް ފޮނުއްވި ސިޓީގައިވަނީ، މިނިސްޓަރ އިޙްސާން ކުރައްވަމުންގެންދަވާ ތުހުމަތުތައް ބައްލަވައި އެކަންކަމާއި ގުޅޭ ތެދު މައުލޫމާތު ހާމަކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ފައްޔާޒް ކުރެއްވި ޓްވީޓް --

ފައްޔާޒް ވިދާޅުވީ، މިނިސްޓަރު އިހުސާން ވަނީ ‘ކުރީސަރުކާރުން’ ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާއި ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި ކަމަށެވެ.

"އަޅުގަނޑުގެ ފަރާތުން މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ. ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއް ވަނީ. އެ މުއްދަތުގައި އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުންދިޔުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް." 

ފައްޔާޒް އިސްމާޢީލް 

ފައްޔާޒް ވިދާޅުވީ، އެކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އޭސީސީ އަދި ފުލުހުންނަށް މިއަދު ހުށައަޅުއްވާފައިވާ ކަމަށެވެ. އަދި އެ ވާހަކަ އިހުސާން ދެން ދައްކަވަން ވާނީ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހުގައި ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އިންދިރާ ޕްރޮޖެކްޓް ހިންގަން އުޅުނު ކުންފުނިން، ފައްޔާޒްގެ އާއިލީ ކުންފުނި ބިގްގެ ހިއްޞާ ގަނެ އެކުންފުނިން މިހާރު ދަނީ، މޫނިމާގެ އިމާރާތް ކުރަމުން ކަމުގައި މީޑިއާތަކުގައި ވަނީ ޚަބަރު ފަތުރާފައެވެ. އަދި އެޕްރޮޖެކްޓާއި ގުޅޭ ގޮތުން އިޙްސާން ވަނީ، ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.