Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

31 Oct 2024
ޚަބަރު

ގޮންޖެހުންތަކާއި އެކުގައިވެސް އަމިއްލަ ނަފުސަށް ޢިތުބާރުކޮށް ފަހި ވިސްނުން ކުރިޔަށް ނެރުމަށް ރައީސް ގޮވާލައްވައިފި

ގޮންޖެހުންތަކާއި އެކުގައިވެސް އަމިއްލަ ނަފުސަށް ޢިތުބާރުކޮށް ފަހި ވިސްނުން ކުރިޔަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒުވާނުންނަށް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި،  ދެއްކެވިި ވާހަކަފުޅުގައެވެ. އަމިއްލަ ނަފުސަށް އިތުބާރުކޮށް، އަމިއްލަ ސިކުނޑިން ވިސްނައިގެން ހޯދި ނަތީޖާގެ ފޮނިމީރުކަން، އަމިއްލަ ނަފުސަށާއި، ޢާއިލާއަށާއި ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައި ކުރިއަށް ދިއުމަށް، ދަރިވަރުންގެ ކިބައި ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޢަޒުމަކަށް ވާންވީ، ގޮންޖެހުންތައް އިތުރުވިކަމުގައިވިޔަސް އަމިއްލަ ނަފުސަށް އިތުބާރުކޮށް، ޕޮޒިޓިވް ވިސްނުމެއްގައި، ތިމާއަކީވެސް ކަންކަން ކުރެވޭނެ މީހެއްކަމަށް ޤަބޫލުކޮށްގެން ކުރިޔަށް ގޮސް ނަތީޖާ ހާސިލްކުރުން ކަމުގައިވިދާޅުވިއެވެ. އަދި ކޮންމެ މީހަކުވެސް އެމީހަކީ ދިވެއްސަކަށްވީތީ އެ ހައިޘިއްޔަތުން ޤައުމަށް ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި، އެއީ އެކަމަށް ލޯމަރައި ލެވޭނެ ކަމެއް ނޫންކަން ޤަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި ޤައުމު މިހިސާބަށް ގެނެސްދިން އަބުޠާލުންގެ ޤުރުބާނީ އާއި ޚިދުމަތްތަކަކީވެސް އެކަންކަމުގެ މަތީން ހަނދާން ނައްތައިލެވޭނޭ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އިޤްތިޞާދު ފުޅާކޮށް، މަތީ ތަޢުލީމުގެ ބަހާތައް އިތުރަށް ތަނަވަސް ކުރަމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޔުނިވަރސިޓީގެ ތަމްރީނު ރިޒޯޓް ތަރައްޤީ ކުރުމާއި، ފަންނުވެރި އިޤްތިޞާދެއް ފުޅާކުރުމާއި، އަދި ގޮންޖެހުންތަކާއި އެކުގައިވެސް ޒުވާނުންނަށް ކުރިއެރުން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ފެންވަރުގައި، އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.