Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

31 Oct 2024
ޚަބަރު

އިންޑިއާއިން ރާއްޖެއަށް 1.6 ބިލިޔަން ރުފިޔާގެ ހިލޭ އެހީ

އަންނަ އަހަރު އިންޑިއާއިން ދިވެހިރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލިބޭނެ ކަމުގައި ފިނޭންސް މިނިސްޓަރ ލަފާކުރައްވައި ބަޖެޓުގައި ހިމަނުއްވައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު ވަނީ، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައި ދެއްވާފައެވެ. 

އިންޑިއާއިން ދޭ 1.6 ބިލިއަންގެ ހިލޭ އެހީއާއެކު، އެކުވެރި ޤައުމުތަކުން ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާގެ ޖުމުލައަދަދު 2.25 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ބަޖެޓު ފޮތުގައި އަންދާޒާކޮށްފައިވެއެވެ.

ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމަށް ފޯރުކޮށްދޭ ޤައުމަކީ އިންޑިއާ ކަމުގައި ވާއިރު، ބަޖެޓު ސަޕޯޓަށާއި، ދައުލަތުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އަބަދުވެސް އިންޑިއާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖެއަށް އާއްމުގޮތެއްގައި ހިލޭ އެހީތައް ދެމުން އަންނަ ޤައުމުތަކުގެ ތެރޭގައި، އިންޑިއާ، ޗައިނާ، ޖަޕާން، އެމެރިކާ އަދި ސަޢޫދީ ޢަރަބިއްޔާ އާއި ޕާކިސްތާނާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްވެސް ހިމެނެއެވެ.

އަންނަ އަހަރު އިންޑިއާއިން ރާއްޖެއަށް ދޭނެކަމަށް އަންދާޒާކޮށްފައި ހިލޭ އެހީގެ ބޮޑު ބަޔަކީ، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އެޤައުމުން ދޭ ފައިސާއެވެ.

މިވެރިކަން ފެށުނު އިރު އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ގޯސްވެފައި ވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލާއި އެކު އެގުޅުން މިހާރު އަންނަނީ ބަދަހި ވަމުންނެވެ. އަދި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސާގެ ދަޢުވަަތަކަށް އެޤައުމަށް ފުރަމާނަ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.