Advertisement

ހުޅުމާލެ ފޭސް 2 ގައި އަޅަމުން އަންނަ ފްލެޓްތައް ---

29 Oct 2024
ޚަބަރު

ފްލެޓް ލިބޭ މީހުން އިޢުލާނުކުރާނީ އަންނަ މަހުގައި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި, އަޅާފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާނު ކުރާނީ ނޮވެމްބަރު މަހުގައި ކަމުގައި ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ކުރިން ވިދާޅުވީ މިދިޔަ ހަފްތާގައި ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމު ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް ބައެއް މައްސަލަތައް ދިމާވެގެން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާއްމު ކުރުން ނޮވެމްބަރު މަހަށް ފަސްކޮށްފައިވާ ކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ލިސްޓް އާއްމު ކުރުން ފަސްކުރި ސީދާ ސަބަބެއް އެމިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިދިޔަ ސަރުކާރުން އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅިގެން ހުށައެޅުނު މައްސަލަތައް އަދިވެސް ބަލައި ނުނިމޭ ކަމުގައި ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން، 13000 މީހުންނަށް ފްލެޓް ދިނުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. އަދި އެންމެ ފުރަތަމަ ނިމޭ 4000 ފްލެޓް ލިބޭނެ ފަރާތްތައްވެސް އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އޮތީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް އެ ފްލެޓްތައް ދިނުމުގައި މައްސަލަތައް ހުރިކަމަށް ބުނެ ލިބުނު ޝަކުވާތަކާއި ގުޅިގެން، އަލުން އެލިސްޓް ޗެކްކޮށް އިއުލާނު ކުރާނެ ކަމުގައި ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
މ ހުސައިން
ހައިދަރަކައް ދުވަހަކު ވެސް ތިލިސްޓެއް އާއްމު ނުކުރެވޭނެ
29 Oct 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.