Advertisement

އަންހެނުންގެ ޢާލަމީ ރީތީގެ މުބާރާތުގައި ބައިވެރިވާ ޝައިނާ (ކ)--

30 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އަންހެނުންގެ ޢާލަމީ ރީތީގެ މުބާރާތުގައި ދިވެހި ޒުވާނަކު ބައިވެރިވުން ސަރުކާރުން ކުއްވެރިކޮށްފި

އަންހެނުންގެ ޢާލަމީ ރީތީގެ މުބާރާތް، (މިސް ޔުނިވާސް)ގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަރިޔަމް ޝައިނާ ނަސީމް އެމުބާރާތުގައި ބައިވެރިވުން ކުށްވެރިކޮށް، އޭނާ މުބާރާތުން ވަކިވުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ސަރުކާރުން މިކަމަށް ގޮވާލައި، ޔޫތު މިނިސްޓްރީން ވަނީ މިއަދު ބަޔާނެއްވެސް ނެރެފައެވެ. އެމިނިސްޓްރީން މިބަޔާން ނެރެފައި ވަނީ، ސަރުކާރަށް ތާޢީދު ކުރި ބައެއް ދީނީ ޢިލްމުވެރިންނާއި އާއްމުންނާއި ސިޔާސީ ފަރާތްތަކުން އެކަމުގެ ފާޑުކިޔުންތައް ސަރުކާރަށް ޢަމާޒު ކުރުމުންނެވެ.

މެކްސިކޯގައި ނޮވެމްބަރު މަހު 17، ގައި ބާއްވާ 73 ވަނަ މިސް ޔުނިވާސްގައި ރާއްޖޭގެ ފަރާތުން ވާދަ ކުރާ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމްއަކީ، ރާއްޖޭގައިވެސް މޮޑެލްކުރުމުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. އަދި އޭނާ ވަނީ، 2022 ވަނަ އަހަރު އޮތް ޓޮޕް މޮޑެލް މޯލްޑިވްސް ގެ އެއްވަނަ މަޤާމުވެސް ހޯދާފައެވެ.

އަންހެނުންގެ ޢާލަމީ ރީތީގެ މުބާރާތުގައި ޝައިނާ ބައިވެރިވުން ކުށްވެރިކޮށް، ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެފަދަ ކަންކަމަކީ ދިވެހިން ގަބޫލު ކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަންކަމަށް ވާއިރު، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ. އަދި އެކަން ހުއްޓާލުމަށް ވެސް ގޮވާލާ ކަމުގައި ޔޫތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައެވެ.

މީގެ އިތުުރުން އެބަޔާނުގައި ބުނެފައި ވަނީ، ދިވެހިންގެ ދީނާއި އަގީދާ އާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރަތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ޝައިނާ، އެމުބާރާތުގައި ބައިވެރިވެފައިވާތީ، ސަރުކާރަށް ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާއިރު، ޔޫތު މިނިސްޓްރީގެ ބަޔާނަށްވެސް ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔާފަށެވެ. އަދި ޝައިނާ އަންހެނުންގެ ޢާލަމީ ރީތީގެ މުބާރާތުގައި ބައިވެރިވުމާއި، ރާއްޖޭގައި ފިރިހެނުންގެ މެދުގައި ބާއްވާ މިސްޓަރ މޯލްޑިވްސް ހޮވުމުގެ މުބާރާތްވެސް ބައެއް ފަރާތްތަކުން ވަނީ އަޅާ ކިޔާފައެވެ. 

ދިވެހިރާއްޖޭގައި މިހާތަނަށް އަންހެނުންގެ ރީތީގެ މުބާރާތެއް ބާއްވާފައި ވަނީ، މީގެ 61 އަހަރު ކުރިން، މިލާދީން 1953 ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާނު ކުރުމާއި ގުޅިގެން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ. ދިވެހިރާއްޖޭގެ ރީތީގެ ރާނީއަކަށް ހޮވާފައިވާ ހަމައެކަނި އަންހެނަކީ، ހއ. ބާރަށު ރަމްލާ އަޙްމަދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.