Advertisement

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް --

07 Nov 2024
ޚަބަރު

ރައީސް ޑރ މުއިއްޒު ކަންކުރައްވަމުން ގެންދަވާ ގޮތުން މާލީ ހާލަތު ވަނީ އިތުރަށް ގޯސްވެފައި: ރައީސް ޔާމީން

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަންކަން ކުރައްވަމުން ގެންދަވާ ގޮތުގެ ސަބަބުން، ރާއްޖޭގެ މާލީ ޙާލަތު އިތުރަށް ގޯސްވެފައިވާ ކަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިޕްރޮގްރާމްގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ ކަންތައްތަކާއި، އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމުގެ ކަންކަން ހިނގައި ދިޔަގޮތުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާޢީދުކުރެއްވުނީތީވެސް އެކަމާއި މެދު މިހާރު ހިތާމަފުޅު ކުރައްވާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ވާހަކަފުޅުތައް ދިމާ ނުވާކަމަށާއި ވެވަޑައިގެންނެވި ވަޢުދުތައްވެސް ނުފުއްދަވާތީ، ރައީސް ޑރ މުއިއްޒުގެ މަޤުބޫލުކަން ގެއްލެމުންދާކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލު ބަންދުން ދޫކުރައްވައި، މާލެ ގެންނެވީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެން ނޫނަކަމަށާއި، އެނިންމެވުމަކީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަށް ކަމަށެވެ. އަދި އެމަނިކުފާނު މާލެއަށް ބަދަލުކުރި ދުވަހުންފެށިގެންވެސް މިސަރުކާރުގެ ވެރިންނާއި ގުޅުމެއް ނެތްކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުގެ އިޤުތިޞާދީ ސިޔާސީ އެޖެންޑާތަކުގެ ގޯސްކަންކަން ފާހަގަކުރައްވާފައެވެ. އަދި މިސަރުކާރުން އަމަލުކުރަމުން އަންނަ ގޮތުގައި ދައުލަތުގެ ބަޖެޓު ދަރަނި އިތުރަށް ބޮޑުވެ، އިޤުތިޞާދީ ގޮންޖެހުންތަކާއި ކުރިމަތިވަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.