Advertisement

ކުރީގެ ސަފީރު އަޙްމަދު ޚަލީލު ---

06 Nov 2024
ޚަބަރު

ކުރީގެ ސަފީރު ހަލީލަށް އޯޑާ އޮފް ދަ ރައިޒިން ސަންގެ އިއްޒަތް ދެއްވައިފި

ދިވެހިރާއްޖެއިން ޖަޕާނަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަޙްމަދު ޚަލީލަށް އޯޑާ އޮފް ދަ ރައިޒިން ސަންގެ އިއްޒަތް ޖަޕާނު ސަރުކާރުން މިއަދު އަރުވައިފިއެވެ.

މިއީ އެކި ރޮނގުތަކުން ޖަޕާނަށް ޚިދުމަތްކޮށްދޭ ފަރާތްތަކަށް އަރުވާ އިއްޒަތެކެވެ. މިއިއްޒަތަކީ، "އޯޑާ އޮފް ދަ ރައިޒިން ސަން، ގޯލްޑް އެންޑް ސިލްވާ ސްޓާ"އެވެ. މިއީ ޖަޕާނު ސަރުކާރުން މިޢިއްޒަތް ދިވެހިބޭފުޅަކަށް އެރުވި ފުރަތަމަ ފަހަރުވެސް މެއެވެ.

މި އިއްޒަތް އެރުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވަނީ، ޖަޕާނުގެ އިމްޕީރިއަލް ޕެލެސްގައެވެ. އޯޑާ އޮފް ދަ ރައިޒިން ސަންގެ އިއްޒަތުގެ ރަންތަރި އާއި ރިހިތަރި ހަވާލުކޮށްދެއްވައި، ޚަލީލަށް މިއިއްޒަތް އެރުއްވީ، ޖަޕާނުގެ އެމްޕެރަރ ނަރުހީޓޯއެވެ.

ޚަލީލަށް މިއިއްޒަތް އަރުވާފައި ވަނީ، ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަށް އޭނާ ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ޚަލީލު ވަނީ ޚާރިޖީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. 

ޚަލީލަށް ޖަޕާނު ސަރުކާރުގެ ފަރާތުން މި ޢިއްޒަތް އެރުވުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑިޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، މިސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލުވެސް ވަނީ އެމަނިކުފާނަށް މަރުޚަބާ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.