Advertisement

ޖޭއެސްސީގެ މެމްބަރުން ---

07 Nov 2024
ޚަބަރު

މަދަނީ އިޖުރާއާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ޖޭއެސްސީން އޭޖީއަށް ފޮނުވައިފި

ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއާތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލް މިއަދު ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މިބިލް ޑްރާފްޓްކޮށްފައި ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިސްނަގައިގެންނެވެ. ބަންޑާރަނައިބު މެދުވެރިކޮށް މި ޤާނޫނު އިޞްލާޙުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް ނިންމާފައި ވަނީ، 2024 ނޮވެންބަރު 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 57 ވަނަ ޖަލްސާއިންކަމުގައިވެސް ޖޭއެސްސީ އިން ވިދާޅުވެފައި ވެއެވެ.

ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) 16 ޑިސެންބަރު 2021 ގައި ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވި އޭގެ 6 މަސްފަހުން ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ރާއްޖޭގެ ކޯޓުތަކުގައި މަދަނީ މައްސަލަތައް ތޮއްޖެހި، މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ޙުކުމްތައް ތަންފީޛުނުވެ މުޅި ނިޒާމަށް މިއިން ދުވަހަކު ކުރިމަތި ނުވާވަރުގެ ދަތިތައް ވަނީ ކުރިމަތިވެފައެވެ. އަދި ބޭންކުތަކާއި ވިޔަފާރި އިންސްޓިޓިއުޝަންތައް އަދި ޢާއްމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓި މަދަނީ ޢަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދެން އޮތީ މިހިނދުން މިހިނދަށް ޤާނޫނަށް އިޞްލާޙުތަކެއް ގެނެވިގެންކަމަށް ފެންނަ ކަމަށްވެސް ޖޭއެސްސީން ވަނީ ހާމަކުރައްވާފައެވެ.

އެހެން ކަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިސްނެގުމުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، އިންޓަނޭޝަނަލަށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއާތުގެ ޤާނޫނު) އަށް ގެންނަން ފެންނަ އިޞްލާޙުތައް މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވިފައި ކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.