Advertisement

ހުޅުމާލެ ހިޔާ ޓަވަރުތައް ---

08 Nov 2024
ޚަބަރު

ރަހީނުކުރިމީހާ ސަލާމަތް ކުރެވުނީ އިނގިލި ބުރިކޮށްލަން އުޅެނިކޮށް: ފުލުހުން

ހުޅުމާލެ ފޭސް 2 ގެ ހިޔާޓަވަރެއްގައި ގުރޫޕަކުން މީހަކު ރަހީނުކޮށްގެން އުޅެނިކޮށް ފުލުހުންނަށް އެމީހާ ސަލާމަތް ކުރެވުނީ، އެގުރޫޕުން އެމީހާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށްކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް އެމީހާ ސަލާމަތް ކުރެވުނު އިރު އޭނާގެ ބޯކޮށާލާފާއިވާ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރޭ އިރާކޮޅު މީހަކު ރަހީނު ކުރި ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމީހާ ސަލާމަތް ކުރުމަށްޓަކައި ފުލުހުން ހިންގި އޮޕަރޭޝަނުގައި 10 މިނިޓްގެ ތެރޭގައި އެމީހާ ހުރިތަން ލޮކޭޓްކޮށް އެތަނަށް ފުލުހުން ވަތް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ގުރޫޕަކުން މީހަކު ރަހީނުކޮށްގެން އިނގިލި ބުރިކޮށްލަން އުޅުނީ، ހިޔާގެ 9 ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓް ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާގައި ގުރޫޕަކުން ރަހީނު ކުރި މީހާއަކީ ދިވެހި ފިރިހެނެކެވެ. އޭނާ ރަހީނުކުރުމުގެ މައްސަލައިގައި 12 މީހަކު ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެގުރޫޕުން އެމީހާ ރަހީނު ކުރި ސަބަބެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.