ކާރުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހުން --
ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލުމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
މާލޭ ސިނަމާލެ ފްލެޓްތައް ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލުމުގެ ތުހުމަތުގައި ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، މ. އަރާރަތްކުރި، ހާލިދު މަހްމޫދު، (35އ) އާއި އދ. މާމިގިލި، ބްލޫވިންޑް، ހަސަން ނަސީމް، (31އ) ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެދެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.