Advertisement

ހުޅުމާލެ ފޭސް 2 ގައި އަޅަމުންދާ ފްލެޓްތައް --

16 Nov 2024
ޚަބަރު

ކުރީ ސަރުކާރުގެ ފްލެޓް ލިސްޓް މި ސަރުކާރަށް އަހަރު ދުވަހުން ޗެކްކޮށް ނުނިންމުނު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓު ދިނުމަށް ކުރީ ސަރުން ކަނޑައެޅި ލިސްޓް ގޯސްކަމަށް ބުނެ އެ ލިސްޓް ރިވިއު ކުރާތާ އެއް އަހަރު ވީއިރުވެސް، ނުނިމި ތާރީޚަކަށް ފަހު ތާރީޚެއް ދެމުން ގޮސް، ލިސްޓް އާއްމު ކުރުން އެންމެ ފަހުން މުއްދަތެއް ނެތް ގޮތަށް މިއަދު ފަސްކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ފްލެޓަށް އެދި ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތް ނިންމުމަށް އަދިވެސް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެނޫސް ބަޔާނުގައި ބުނެފައި ވަނީ، އެ މަސައްކަތްތަށް އިތުރު މުއްދަތު ހޭދަވަމުން ދިޔަ ކަމުގައި ވިޔަސް، ސަރުކާރުގެ މަޤުޞަދަކީ އެ ސްކީމުން ފުލެޓު ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމާ އެކު، އެ ސްކީމުގެ ދަށުން ތަރައްގީ ކުރާ ފުލެޓުތައް ދޫކުރެވެނީ ހައްގުވެރީންނަށްކަން ޔަގީންކުރުން ކަމުގައި އެމިނިސްޓްރީން ވަނީ ބުނެފައެވެ. 

ފްލެޓް ލިސްޓް ރިވިއު ކުރުމަށްފަހު އާއްމު ކުރުމަށް އެކި ތާރީޚުތައް ދެމުން އައިސް، މިއަދަކީ އެންމެ ފަހަށް މިނިސްޓަރު ހައިދަރު ކަނޑައެޅުއްވި ދުވަހެވެ. އެހެން ނަމަވެސް އެންމެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ހައިދަރު ވިދާޅުވީ، ފްލެޓް ލިސްޓް އާއްމު ކުރައްވާނީ ހަފްތާ ފެށޭ ދުވަހުގެ ކުރީ ދުވަހުގައިކަމަށެވެ. އެކަމަކު އެދުވަހަކީ ކޮބައިކަމެއް، އެދުވަހުވެސް ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.