Advertisement

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު --

21 Nov 2024
ޚަބަރު

ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއިއެކު ޑިމޮކްރަސީގެ އިރު އޮއްސުނީކަމަށް!

އިއްޔެއަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް އިރު އޮއްސިގެން ދިޔަ ދުވަސްކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޝާހިދު ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލުތައް ފާސްކުރި ވަގުތު ދިމާވީ އިރުއޮއްސުނު ވަގުތާއި ކަމަށާއި އެހެން ކަމުން އެމަނިކުފާނަށް ސިފަކުރެވުނީ، އެއީ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް އިރު އޮއްސިގެން ދިޔުން ކަމަށެވެ.

ޝާހިދު ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންތައް ކުރައްވަމުން ގެންދަވަނީ ޕާޓީއަށް ޤަބޫލު ކުރެވޭ ގޮތަކަށް ނޫނޭ ވިދާޅުވެ ޕާޓީން މަޖިލީހުގެ ރައީސް ވަކި ކުރައްވައިފި ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަދި މެންބަރުކަމުން މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަހީމްވެސް ވަކިވެގެން ދާނެ ކަމަށެެވެ. އަދި އިތުރަށް އެއްވެސް ސުވާލެއް މަޖިލީހުގެ ރައީސް އަބްދުއްރަހީމްއަށް، ކުރެއްވުމުގެ ޖާގައެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތެއް ވެސް ދެން ނޯންނާނެ ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ތިމާމެންނަށް ބާރު ލިބިފައި އޮތީތީ ހަމަ ހިތުހުރިހައި ގޮތަކަށް ކަންތައްތައް ކުރުމަކީ، ޑިިމޮކްރަސީއެއް ނޫންކަމަށެވެ.

އިއްޔެ ކުއްލިގޮތަކަށް ސަރުކާރުން ހުށައެޅި ބިލް ފާސްކޮށް ޤާނޫނު އަސާސީއަށް މުހިއްމު 5 ބަދަލެއް ގެނެސްފައިވާއިރު އެކަންކަމުގެ ސަބަބުން ދެން ނުކުންނާނެ ނަތީޖާއަކާއި މެދުވެސް ޤާނޫނީ ދަާއިރާގެ ބައެއް ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އަދި ޤާނޫނު އަސާސީއަށް ގެނައި އެއިސްލާޙްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި، ސްޕްރީމްކޯޓަށް މައްސަލަ ހުށައެޅުއްވުމަށްވެސް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ފާރިޝް މައުމޫން ވަނީ ގޮވާލައްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.