Advertisement

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް --

17 Nov 2024
ޚަބަރު

މިއީ އުއްމީދެއް އަމާޒެއް ނެތް ސަރުކާރެއް: ކުރީގެ ރައީސް އިބޫ

މި ސަރުކާރު ވެރިކަމާ ހަވާލުވެ އެއް އަހަރު ފާއިތުވެގެން ދިޔައިރު މި ފެންނަނީ އުންމީދެއް އަދި އަމާޒެއް ނެތް ސަރުކާރެއްގެ ގޮތުގައި ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރަށް 1 އަހަރު ފުރުމާއި ދިމާކޮށް، ރާއްޖޭގެ އަމިއްލަ ޓީީވީ ސްޓޭޝަނެއް ކަމުގައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުން ވަނީ މާޔޫސް ކަމެއްގެ ތެރެއަށް ރައްޔިތުން ވައްޓާލާފައި ކަމަށެެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުގެ މިވޭތުވި އެއް އަހަރުގެ ތެރޭގައި ރައްޔިތުން ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ. 

"ފުރަތަމަ ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑަގެންފައި، ފެއްޓެވި އެއްކަަމަކީ ނޫސްވެރިކަމާއި އިދިކޮޅަށް ފެއްޓެވި މަސައްކަތް. އެއް އަހަރުވީ އިރުގައި މިއޮތީ ސަރުކާރުގެ ބާރުގެ ދަށަށް ނޫސްވެރިކަން ގެނައުމަށްޓަކައި ޤާނޫނީ ގޮތުން އެބާރު ނެންގެވުމަށްޓަކައި، މަޖިލީހަށް ބިލެއް ހުށައަޅުއްވާފައި. އޭގައި މިއޮތީ، އުފައްދަވާ ނޫސްވެރިކަމާއި ބެހޭ ކޮމިޝަނެއްގެ ދަށުން، މެޖޯރިޓީ ރައީސް ޢައްޔަނުކުރައްވާ ބޭފުޅުން އެތާ ތިއްބެވީ. 7 ބޭފުޅުންގެ ތެރެއިން 4 ބޭފުޅުން އެއީ ރައީސް ޢައްޔަނުކުރައްވާ ބޭފުޅުންގެ ގޮތުގައި ތިބެގެން، މުޅި މީޑިއާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައި. ހުރިހާ ބާރުތަކެއް އޭގެ ދަށަށް ގެނެސްފައި އެ އޮތީ."

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް --

މީޑިއާތަކާއި މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުމަށް މަސައްކަތް ކުރާ އެފިޔަވަޅަކީ ޑިމޮކްރަސީއެއްގައި އެޅޭނެ އެންމެ ނުރައްކާތެރި ފިޔަވަޅުކަމުގައި ރައީސް އިބޫ ވިދާޅުވިއެވެ.

މީޑިއާތަކުގެ މައްސަލައިގެ އިތުރުން ރައީސް ސޯލިޙް ވަނީ އިތުރު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަރުކާރުންވީ ވަޢުދުތައް ނުފުއްދި ރާއްޖޭގެ މައިގަނޑު ސިނާޢަތްތައް ވަނީ ނުރައްކާތެރި ހާލަތެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް އުނދަގޫ އަދި ދަތި ދުވަސްތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމުގައިވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.