Advertisement

އޭދަފުށީގައި އަޅާ 1000 ހައުސިންގ ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރުން --

16 Nov 2024
ޚަބަރު

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު އަޅަން ހަވާލުކޮށްފި

ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް، ޗައިނާގެ ސިނޯހައިޑްރޯ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބެވެ. މީގެ އިތުރުން މިމަޝްރޫޢާއި ގުޅޭ ފަހުމުނާމާގައި، މި އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު ސޮއެކޮށް މި މަޝްރޫޢާއި ގުޅޭ ގިނަ މަސައްކަތްތަކެއް ވަނީ ކުރިޔަށް ގެން ގޮސްފައެވެ.

ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ މި މަޝްރޫޢަކީ، މިހާތަނަށް އަތޮޅުތެރޭގައި ހިންގުމަށް މިސަރުކާރުން އިއުލާނުކުރި އެންމެ ބޮޑު ހައުސިންގ މަޝްރޫއެވެ. މި މަޝްރޫޢުގެ ދަށުން 15 ފަންގިފިލާގެ 12 ޓަވަރު ޢިމާރާތްކޮށް، 3 ކޮޓަރީގެ 336 ފުލެޓު އަދި 2 ކޮޓަރީގެ 672 ފުލެޓު ތަރައްޤީކުރެވޭނެ ކަމުގައި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، މި ހައުސިންޔުނިޓުތައް ވެގެންދާނީ، އޭދަފުއްޓާއި އެ ސަރަޙައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އާބާދީތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ފުރުޞަތަކަށް ކަމަށެވެ.

ބ އަތޮޅަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ އެއް އަތޮޅެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.