Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

27 Nov 2024
ޚަބަރު

ކޮމިޝަންތަކުގެ ރައީސާއި ނައިބުރައީސުން ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބޭ ގޮތަށް ޤާނޫނުތަކަށް ގެނައި ބަދަލުތައް ތަސްދީޤުކުރައްވައިފި

އިލެކްޝަންސް ކޮމިޝަނާއި، އެންޓިކަރަޕްޝަން ކޮމިޝަން އޭސީސީގެ ރައީސާއި ނައިބުރައީސް ޢައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައި މިހަފްތާގެ އަންގާރަ ދުވަހު ގެޒެޓު ކުރައްވައިފިއެވެ.

މި ބިލްތަކަކީ، 2024 ނޮވެންބަރު 25 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 53 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލްތަކެކެވެ. މިދެ ޤާނޫނަށްވެސް ގެނެވުނު މައިގަނޑު އިސްލާޙަކީ، އެދެކޮމިޝަންގެ ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ ގޮތަށް ހަމަޖެއްސުމެވެ. 

 މިއިޞްލާޙު ތަކުގައި ވާގޮތުން، ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެ ހާލަތުގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެ މީހަކު ވަކިވީކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ޤާނޫނަށް ގެނައި މިއިސްލާާޙް ތަކަކީ، މިނިވަން ދިމިޤުރާތީ ހަމަތަކާއި ޚިލާފު އަދި، މިނިވަން ކޮމިޝަންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލޭ އިސްލާޙްތަކެއް ކަމުގައިވާތީ އެކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.