Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --

07 Dec 2024
ޚަބަރު

އަންނަ އަހަރު މާފަންނު މަދަރުސާގައި އައު ހޯލެއް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ކުރިޔަށް މިއޮތް އަހަރު މާފަންނު މަދަރުސާގައި އައު ހޯލެއް ހައްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާފަންނު މަދަރުސާއަކީ، ކޮމިއުނިޓީ ސްކޫލެއްކަން ފާހަގަކުރައްވައި، ސްކޫލުގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި، ސިޓީ ކައުންސިލާއި، ސަރުކާރާއި ގުޅިގެން މަސައްކަތްތައް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮމިއުނިޓީ ސްކޫލްތަކަކީ ވަރަށް މުހިންމު ތަންތަންކަމަށާއި، ކޮމިއުނިޓީ ކޮންސެޕްޓްގައި ސްކޫލްތައް ހިންގުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށެވެ.

"މާފަންނު މަދަރުސާގެ ތަރައްޤީއަށްޓަކައި ސްކޫލްގައި މި ދެންނެވި ގޮތަށް ހޯލު ބިނާކުރުމުގެ އިތުރަށްވެސް ދެން ކުރެވެންހުރި ކަންކަމުގައި ސީދާ ސަރުކާރުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީން އަދި ކައުންސިލް މެދުވެރިކޮށް، ކައުންސިލުން އެދޭ ކަންތައްތަކުގައިވެސް ސަރުކާރުގެ ފަރާތުން އެހީތެރިކަން ދިނުމާ އެކީގައި، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު އަޅުގަނޑު ދެކެން ބޭނުންވަނީ، އަދި އަޅުގަނޑު ޔަޤީންކުރަނީ، ތިޔަބޭފުޅުންނަށް ޔަޤީންކަންދެނީ، މިދިޔަ ދުވަސްތަކަށްވުރެ މާބޮޑަށްވެސް ތިޔަބޭފުޅުންނަށް އުފާވެރި ގޮތެއްގައި މި ސްކޫލްގެ ކަންކަން ބައްޓަންވެގެންދާނެ ކަމަށް." 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު --

މާފަންނު މަދަރުސާގެ ހޯލު ހުންނަނީ އެ ސްކޫލުގެ ފަސްބުރި އިމާރާތުގެ އެންމެ މަތީގައެވެ. ހޯލު އެންމެ މަތީގައި ހުންނާތީ، އެސްކޫލުގެ ދަރިވަރުންގެ ތެރެއިން ޙާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށްވެސް ގިނަ ދަތިތަކާއި ކުރިމަތިވެފައިވެއެވެ.

މިހާރުގެ މާފަންނު މަދަރުސާ ހުޅުވުނީ 1984 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މަދަރުސާ އުފެދުނު އިރު ނަރސަރީއިން ފެށިގެން ގުރޭޑް 6 އަށް ކިޔަވައިދެއްވިއެވެ. އޭގެ ފަހުން ގުރޭޑް 10ގެ ނިޔަލަށްވެސް މާފަންނު މަދަރުސާގައި ކިޔަވައިދެއްވިއެވެ. ނަމަވެސް 2016 ވަނަ އަހަރުން ފަށައިގެން މާފަންނު މަދަރުސާ ޚާއްޞަ ކުރައްވާފައި ވަނީ، ނަރސަރީއާއި ޕްރީ ސްކޫލު ޢުމުރުފުރާގެ ދަރިވަރުންނަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.