Advertisement

ވިލިފުށީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ދަރުސް -- ފޮޓޯ: ހެޔޮބަސް ޖަމިއްޔާ -

07 Dec 2024
ޚަބަރު

ވިލުފުށީ ހެޔޮބަސް ޖަމިއްޔާއިން މިއަހަރުދޭ އުމްރާ ދަތުރު ލިބޭފަރާތް ހޮވައިފި

ވިލުފުށީ ހެޔޮބަސް ޖަމިއްޔާއިން މިއަހަރުދޭ އުމްރާ ދަތުރު ލިބޭފަރާތް ހޮވައިފިއެވެ.

މިއުމްރާ ދަތުރަށް ގުރުއަތުން ހޮވިފައި ވަނީ، ތ ވިލުފުށީ ބީޗްހެވަން، އަޙްމަދު ޖަލްވާން ޖިނާޙް އެވެ. މިއުމްރާ ދަތުރަކީ، ހެޔޮބަސް ޖަމިއްޔާއިން ބާއްވާ ދަރުސްތަކުގެ ތެރެއިން މަދުވެގެން 3 ދަރުސްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ފަރާތަަކަށް ދޭ ޢުމްރާ ދަތުރެކެވެ. މީގެ އިތުރުން ކޮންމެ ދަރުހެއްގައިވެސް ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ފަރާތަކަށް ގިފްޓް ވައުޗަރ ދޭއިރު ރޭގެ ދަރުހުގައި ބައިވެރިިވި ފަރާތްތަކުގެ ތެރެއިންވެސް 10 ފަރާަކަށް ވަނީ ގިފްޓް ވައުޗަރު ދީފައެވެ.

ވިލުފުށީ ހެޔޮބަސް ޖަމިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަހަރުގެ އުމްރާ ދަތުރު ދީފައި ވަނީ، ދަރުމަ ހައްޖު އެންޑް އުމްރާ ޤުރޫޕުގެ ހެޔޮއެދުންތަކާއި އެކުގައެވެ.

ރޭ ވިލުފުށީ ސްކޫލު ކުރިމަތިން އޮންނަ ހުސްބިމުގައި ބޭއްވި ދަރުހުގައި ދީނީ ނަސޭޙަތް ދެއްވާފައިވަނީ މަރުވުމަށްފަހު މިމައުޟޫއަށް އައްޝައިޚް މުޙައްމަދު މޫސާއެެވެ. އިއްޔެ ވިލުފުށީ ހުކުރުމިސްކިތުގައި އިމާމުވެ ހުކުރުކުރެއްވުމުގެ އިތުރުން، ވިލުފުށީ ސްކޫލުގެ ދަރިވަރުންނަށް ހިންގި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމާއި، ފަރުޟު ނަމާދު ތަކަށް ފަހުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްގައިވެސް، ނަސޭހަތް ދެއްވާފައި ވަނީ ޝައިޚް މުޙައްމަދު މޫސާއެވެ.

ވިލުފުށި ހެޔޮބަސް ޖަމިއްޔާއަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް 2005 ވަނަ އަހަރުންފެށިގެން ހެޔޮބަސް ގުރޫޕުގެ ގޮތުގައި މަސައްކަތް ކުރަމުން އައިސް 2022 ވަނަ އަހަރު ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މިހާރު ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.