Advertisement

އެއާ އެމްބިއުލާންސް --

07 Feb 2025
ޚަބަރު

އަންހެން މީހާ މަރުވުމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް: އާއިލާ

ގއ ވިލިގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު މާލެއަށް އިތުރު ފަރުވާއަށް ނުގެނެވި ނިޔާވި ޝިއުނާ ތައުފީޤު ނިޔާވުމުގައި ކަމާއި ބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމުގައި އާއިލާއިން ބުނެފިއެވެ.

ޗެނަލް 13 އަށް ދިން ބަސްދީގަތުމުގައި، ނިޔާވި، ޝިއުނާ ތައުފީޤުގެ ފިރިމީހާ، ޝިފާޒު ޒާހިރު ބުނީ އޭނާގެ އަނބިމީހާ އާއި އަނބިމީހާ ވިހޭ ދަރިފުޅު ނިޔާވެގެން ދިޔުމުގައި ހޮސްޕިޓަލާއި ކަމާއި ބެހޭ ފަރާތްތަކުގެ އިހުމާލުވުން އޮތް ކަމަށް ޤަބޫލުކުރާ ކަމަށެވެ. މިގޮތުން ރޯގާޖެހި ނޭވާއަށް އުނދަގޫވާތީ، ގއ އަތޮޅު ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔުމުން އެކަށީގެންވާ ފަރުވާ ނުލިބުމާއި، އިތުރު ފަރުވާއަށް ނުފޮނުވި 24  ގަޑިއިރަށް ވުރެ ގިނަ އިރުވުން އޭނާ ފާހަގަކުރިއެވެ.

ޝިފާޒު ބުނީ އޭނާގެ އަނބިމީހާ ސިޒޭރިއަން ހަދައިގެން ވިއްސީ ފިފްޓީ ފިފްޓީ ޗާންސެއް އޮތުމުން ކަމަށް ޑޮކްޓަރުން ބުނުމުން ކަމަށާއި، މައިމީހާ ސަލާމަތްކޮށްދޭން އެދުނު ކަމަށެވެ. އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ފުރަތަމަ ހަމަޖެއްސި ފްލައިޓް ކެންސަލްކުރީ ދަރިފުޅު މަރުވުމުން ކަމަށް ބުނި އެކަން އޭނާއަށް ނާންގާ ކަމުގައިވެސް ޝިފާޒް ވަނީ ބުނެފައެވެ.

ޝިފާޒް ބުނީ އޭނާގެ އަނބިމީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް އެއާ އެމްބިއުލާންސް ހަމަޖެއްސި އިރު އޭގައި އެކަށީގެންވާ ވަސީލަތްތަކެއް ނެތްކަމަށާއި، އެއާ އެމްބިއުލާންސްގެ ވެންޓިލޭޓަރުވެސް ހުރީ ހަލާކުވެފައި ކަމަށެވެ.

ޝިފާޒްގެ އަންހެނުން އެއާ އެމްބިއުލާންގައި މާލެ ގެންދަން ޖެހުނީ ފުއްޕާމޭގައި އޮކްސިޖަން ނުހިފަހައްޓާތީ އޮކްސިޖަން ގުޅައިގެން ކަމަށާއި، އެއާ އެމްބިއުލާންސްގައި ބޭނުންވާ ވަަރަށް އޮކްސިޖަން ލިބެން ނެތް އިރު، ގއ އަތޮޅު ހޮސްޕިޓަލުން ފޮނުވި އޮކްސިޖަންފުޅި ބޯޓަށް އަރުވަން މޯލްޑިވިއަންއިން ދެކޮޅު ހެދީ ކަމަށާއި، ހުއްދަ ލިބުނު އިރު އަނބިމީހާ ނިޔާވެއްޖެ ކަމުގައި ޝިފާޒް ބުންޏެވެ. ޝިފާޒް ބުނީ އޭނާގެ އަނބިމީހާ އިތުރު ފަރުވާއެއް ނުލިބި ކޫއްޑޫ އެއާޕޯޓުގައި 3 ގަޑިއިރު އޮތް އިރު، ފްލައިޓް ކައިރީ ރަންވޭ މަތީގައިވެސް ދޮޅު ގަޑި އިރު ބާއްވަން ޖެހުނު ކަމަށެވެ.

ދެމައިން މަރުވި މި މައްސަލަ ކަމާއި ބެހޭ ފަރާތްތަކުން ވަނީ ތަޙްޤީޤު ކުރަން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.