Advertisement

ފުލުހުން އާއްމު ކުރި ޗާޓު --

05 Feb 2025
ޚަބަރު

ރިޔާސީ ބަޔާން އިއްވާ ޖަލްސާއާ ގުޅިގެން ގިނަ މަގުތަކެއް ބަންދުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި މާދަމާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް ރައްޔިތުންގެ މަޖިލިސް ކުރާގޭގެ ސަރަހައްދު ހިމެނޭހެން މާލޭގެ ބޮޑު ސަރަހައްދެއް އާއްމު ޓްރެފިކަށް ބަންދުކޮށްފިއެެވެ.

މިގޮތުން ރައްޔިތުންގެ މަޖިލިސް ކުރާގޭގެ ސަރައްދުގެ މަގުތަކާއި ގޯޅިތަކާއި، މުލިއާގެ ވަށައިގެންވާ މަގުތަކާއި ގޯޅިތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަހައްދާއި ޖުމްހޫރީމައިދާން ހިމެނޭ ސަރައްހައްދު ވަނީ އާއްމު ޓްރެފިކަސް ބަންދުކޮށްފައެވެ.

މާދަމާގެ ޖަލްސާއަށް ބަންދުކޮށްފައިވާ މައިމަގު ތަކުގެ ތެރޭގައި އަމީރު އަހުމަދު މަގު ޗާންދަނީ މަގާއި ގުޅުނު ހިސާބުން ފެށިގެން މަޖިީދިއްޔާ ސްކޫލާއި ހަަމައަށް ބަންދުކޮށް އެމަގާއި ބޮޑުތަކުރުފާނު މަގާއި ގުޅޭ ގޯޅިތައްވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އިސްލާމީމަރުކަޒު މައިދާން ފެށޭ ހިސާބުން އިރަށް މެދު ޒިޔާރަތް މަގާއި އެމަގާއި ގުޅިފައިވާ ހުރިހާ ގޯޅިތަކެއް ވަނީ ބަންދުކޮށްފައެވެ. 

ހެންވޭރުގެ ބޮޑު ބައެއް މާދަމާ އާއްމު ޓްރެފިކަށް ބަންދުވާއިރު، ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަގުތައް ބަންދު ކުރާނީ ހެނދުނު 7:00 އިން ފެށިގެން ޖަލްސާ ނިމެންދެން ކަމަށެވެ.

މާދަމާ ރިޔާސީ ބަޔާން އިއްވާ ވަގުތު ރައްޔިތުންގެ މަޖިލިސް ކުރާ ގޭދޮށަށް އާއްމުން އެއްވުމަށް އެމްޑީޕީން ގޮވާލާފައި ވާއިރު، ފުލުހުން އާއްމުން ސޯސަންމަގާއި ހަމައަށް ފަހަތަށް ޖައްސާނެކަމަށް ބެލެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.