Advertisement

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ރައީސާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން --

18 Jan 2025
ޚަބަރު

އެސްޓޯނިއާ ދަތުރަކީ ތާރީޚީ އަދި ކާމިޔާބު ދަތުރެއް: ރައީސް

މިނިމުުނު ހަފްތާގައި އުތުރު ޔޫރަޕްގެ ޤައުމެއް ކަމުގައިވާ އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ތާރީޚީ އަދި ކާމިޔާބު ދަތުރުފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި ނިމުނު ހަފްތާގައި އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމުގައެވެ.

އެސްޓޯނިއާގައި ހުންނަވައި ރައީސް ޕީއެސްއެމްއަށް ދެއްވި ބަސްދީ ގަތުމުގައި ވިދާޅުވީ، އެދަތުރުފުޅަކީ ތާރީޚީ ދަތުރުފުޅަކަށް ވަނީ، އެއީ ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުކަމުގައި ވާތީ ކަމަށެވެ. އަދި އެ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސްގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްކަންވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.

"ވަރަށް ކާމިޔާބު ދަތުރެއް. ސަބަބަކީ، އަޅުގަނޑު ބޭނުންވީ އަޅުގަނޑު އިއުލާނުކޮށްފައި، އަދި އަޅުގަނޑު މެނިފެސްޓޯގައި ހިމަނާފައި އޮތް ވިޝަން، ރާއްޖެއަކީ، ޑިޖިޓަލައިޒްޑް ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި، އެމައިދާނުގައި، ދުނިޔޭގައި އެންމެ ކާމިޔާބު ހޯދާފައިވާ ޤައުމަށް އައިސް އެ ޤައުމުގެ ކަންކަން އެބޭފުޅުން ބައްޓަންކޮށްފައިވާ ގޮތް ދަސްކޮށް އެކަމުގައި، އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނެ ގޮތްތަކާއި މެދުގައި މަޝްވަރާކޮށް އެހީތެރިކަން ހޯދޭނެ ގޮތްތަކާއި މެދުގައި މަޝްވަރާކޮށް، ކުރިޔަށް ދެވޭނެ މަގުތައް ހޯދުން. އެހެންވީމާ އެމަޤުޞަދު ޙާސިލްކުރުމަށްޓަކައި، މިދަތުރުގައި މިމަސައްކަތް ކުރީ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ޓާރްޓޫގެ މޭޔަރާއި، ތަޢުލީމީ ދާއިރާގެ މަންދޫބުންނާއި، ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ އެކު ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމުގެ މައްޗަށެވެ. އެސްޓޯނިއާގެ ސަރުކާރާއި އެޤައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. މިގޮތުން މި ދަތުރުފުޅުގައި، ތިން ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއި ކުރެއްވި ފަހުމުނާމާއާއި، ދެޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް ސޮއި ކުރެއްވި ފަހުމުނާމާ އަދި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްއާ ދެމެދު ސޮއިކުރެއްވި ފަހުމުނާމާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.