Advertisement

ފުލުހުންގެ މައި އިދާރާ ---

20 Jan 2025
ޚަބަރު

ނޭޕާލް މެއިޑަކު 3 އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް

ތިން އަހަރުގެ ކުޑަކުއްޖަކަށް ގޭގައި ގެންގުޅޭ މެއިޑް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި އެމައްސަލަ ހުށައަޅާފައިވަނީ މާލެއިންނެވެ. އަދި 3 އަހަރުގެ ކުއްޖާއަށް އަނިޔާކޮށްފައި ވަނީ ނޭޕާލަށް ނިސްބަތްވާ މެއިޑެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި ތުހުމަތުކުރެވޭ މެއިޑް ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށައަޅާފައި ވަނީ ކުއްޖާގެ މަންމައެވެ. އެކުއްޖާ މައްސަލަ ހުށައަޅާފައި ވަނީ މެއިޑް ކުއްޖާއަށް އަނިޔާކުރި މަންޒަރު ފެންނަ މަންޒަރާއި އެކުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.