Advertisement

ހޯމް މިނިސްޓްރީން އިއްޔެ ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެެރެއިން -- ފޮޓޯ: ހޯމްމިނިސްޓްރީ

19 Jan 2025
ޚަބަރު

މިހާތަނަށް 23000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކޮށްފި

ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުމަށް މިހާރު ހިންގަމުން އަންނަ އޮޕަރޭޝަނުގައި މިހާތަނަށް 25000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމުގައި ހޯމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އޮޕަރޭޝަން ކުރަނގީގެ ދަށުން އިއްޔެވަނީ މާލެ ސަރަހައްދުގައި ބިދޭސީންގެ ޑާޓާނެގުމުގެ ހަރަކާތްތަކެއް ހިންގާފައެވެ. އިއްޔެގެ އޮޕަރޭޝަނުގައި، މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވެރިވިއެވެ. މިގޮތުން، އިއްޔެ ހެނދުނު 9:15ން އިރުއޮއްސި 18:00ށް ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށް ގެންދެވުނު "ކުރަނގި" އޮޕްރޭޝަންގައި 1455 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ ވަނީ އެއްކުރެވިފައި ކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ. މިއާއި އެކު މިހާތަނަށް މި އޮޕަރޭޝަންގައި ޖުމްލަ 25،483 ބިދޭސީންގެ މައުލޫމާތުވަނީ އެއްކުރެވިފައި ކަމުގައިވެސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

އިއްޔެގެ އޮޕަރޭޝަނާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ނިންމައި ލެވޭނެ ކަމަށެވެ.

ސަރުކާރަށް އެއް އަހަރުވިއިރު މިމަސައްކަތުގައި އެއްކުރެވުނީ، 10،000 މީހުންގެ މައުލޫމާތު ކަމަށް ވީނަމަވެސް، މިފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި، 15،000އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މައުލޫމާތު އެއްކުރެވިފައިވާ ކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.