Advertisement

ޑރ އަޙްމަދު ޝަމްހީދު / ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު

08 Jan 2025
ޚަބަރު

މޯލްޑިވިއަނަށް ކުރީ ސަރުކާރުަގައި ފައިދާ ނުވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ދެއްކެވި ވާހަކަފުޅަށް ރައްދެއް

ކުރީ ސަރުކާރުގައި ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ފައިދާއެއް ނުވާކަމަށް ވިދާޅުވެ މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ މުަހައްމަދު އަމީން ދެއްކެވި ވާހަކަފުޅަށް ހުޅުމާލެ ދެކުނުދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ރައްދު ދެއްވައިފިއެވެ.

ޑރ. ޝަމްހީދު ރައްދު ދެއްވާފައި ވަނީ، މޯލްޑިވިއަންއަށް ވައިޑްބޮޑި އެއާކްރާފްޓެއް ގެނައުމާއި ގުޅިގެން އެކަން ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. އަމީން ވިދާޅުވެފައިވަނީ ނިމިދިޔަ 5 އަހަރު މޯލްޑިވިއަންއަށް ކުރިއެރުމަށް އައިސްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ހޯމަދުވަހު މޯލްޑިވިއަންއަށް ވައިޑްބޮޑި އެއާކްރާފްޓެއް ގެނައި އިރު އެކަމަކީވެސް މިދިޔަ ސަރުކާރުގައި ފަށައިގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.

މެމްބަރު ޝަމްހީދު ވިދާޅުވީ، މިނިސްޓަރ އަމީން ސުޓޭޖަށް އަރުއްވައި އިތުރުފުޅު ހައްދަވާނެ ކަމެއް ނެތް ކަމަށެވެ. އެމްޑީޕީ ސަރުކާރުގެ ފަހުކުއާޓާގެ ފައިނޭނަޟަލް ރިޕޯޓް ބައްލަވާލެއްވީމާ މޯލްޑިވިއަންއަށް ފަހު ކުއާޓާގައި ފައިދާވެފައިވާ ކުންފުންޏަކަށް ވެފައިވާތަން ފެނިވަޑައިގަންނަވާނެ ކަމުގައިވެސް މެމްބަރު ޝަމްހީދު ވިދާޅުވިއެވެ. 

"އޮޅުވާލަން އުޅުނަސް 2018 ވަނަ އަހަރު ނިމުނު އިރު އައިއޭސް ހިންގަން އޮތީ، ސުޕެއާރ އެއްގަންނަން ނުލިބޭ ބާ ބޯޓް ތަކެއް. އޮފީހުގަ ބޭނުންކުރީ ޑޮސް ސޮފްޓްވެއަރ. މުޅި ކުންފުނި މޮޑަނައިޒުކޮށް ޒަމާނަށް ފައްތަ ދިނީ ނިމިދިޔަ ސަރުކާރުން."

ޑރ އަޙްމަދު ޝަމްހީދު / ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު

ޝަމްހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ދައުރު ނިމުނު އިރު، ކޯޕޮރޭޓް ކޮމްޕުލައިންސް އިން ފުލުގަ ކުރިން އޮތް ކުންފުނި ވަނީ ސީޖީ ކޯޑުގެ އެންމެމަތީން މާކުސް ހޯދާފައި ކަމަށެވެ.

މޯލްޑިވިއަންއަށް ވައިޑްބޮޑީ އެއާކްރާފްޓެއް ގެނައުމަކީ، މިސަރުކާރަށް ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް ސަރުކާރުން ވަނީ ހޯމަދުވަހު އެކަމުގެ ކާމިޔާބީ ފާހަގަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.