Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަތަފަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަަކަފުޅު ދެއްކެވުން --- ފޮޓޯ: ރައީސް އޮފީސް

08 Jan 2025
ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ގެންނާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ހުއްޓިފައިހުރި ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ރާއްޖެ ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. ރަތަފަންދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެޓީރިއަލް އަދި ފައިސާގެ ތާށިކަމާހެދި މަޑުޖެހިފައިހުރި މަޝްރޫޢުތައް އަލުން ފެށްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކުގައި މިގޮތަށް ހުއްޓިފައިހުރި މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ހޯއްދެވުމަށް، މިފަދަ މަޝްރޫޢުތަކަށް އެންމެ ބޮޑަށް ބޭނުންވާ ބޮޑުހިލަ ހޯދުމަށްޓަކައި، މިދިޔަ ހަފުތާ ތެރޭގައި މިކަމާ ގުޅިގެން ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާއި ބައްދަލުކުރައްވައި، މިކަން ހަމަޖެއްސުމަށް ގޮތްތަކެއް ރޭވިފައިވާ ކަމަށާއި އެގޮތުން ބޮޑުހިލަ ބަލްކުކޮށް ގެނައުމަށް ނިންމާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަތަފަންދޫގެ ތަރައްޤީއަށް ސަރުކާރުން ރާވައި ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހާމަކުރައްވަމުން، ރަތަފަންދޫގެ ފެނާ ނަރުދަމާގެ މަޝްރޫޢު އަލުން ފަށްޓަވައި، އެކްސްޓެންޑް ކުރަންޖެހޭ ސަރަޙައްދާއެކު އެ މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނަށް ދެއްވިއެވެ. އަދި ރަތަފަންދޫއަށް ބޭނުންވާ ގިނަ ކަންކަން މިއަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.