Advertisement

އެމްއެންޑީއެފްގެ ޑައިވަރުން އަރުޝަދުގެ ހަށިގަނޑު ނެގުމުގައި ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއެންޑިއެފް

10 Jan 2025
ޚަބަރު

ސަފާރީން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

އދ. އަތޮޅު މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް “ނޯތު 7” ނަމަކަށް ކިޔާ ސަފާރީ ކަނޑަށް ވެއްޓި ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، ކަނޑުގެ 69 މީޓަރު އަޑިން ހޯދާފައިވާ ކަމަށާއި، އަދި ޑައިވަރުންގެ ޓީމުން، އެ މީހާގެ ހަށިގަނޑު، 15:35 ހާއިރު ވަނީ ލޯންޗަށް ނަގާފައިވާ ކަމަށެވެ.

މިހާދިސާގައި މަރުވެފައި ވަނީ، "ނޯތު 07" ސަފާރީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ، ނ. ހޮޅުދޫ، ސީވިޑް އަލީ އަރުޝަދު (35އ)އެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި އޭނާ ސަފާރީން ކަނޑައްވެއްޓުނީ، ސަފާރީގެ ޑެކްމަތީގައި ހުއްޓައެވެ. އަދި ވެއްޓުނު ވަގުތު ސަފާރީގެ ހަފޮޅުގައި އޭނާ ޖެހިފައިވާ ކަމަށާއި އެމަންޒަރުތައް ސަފާރީގެ ސީސީޓީވީ ކެމެރާއި ރެކޯޑްކުރެވިފައި ހުރިކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.