Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

08 Jan 2025
ޚަބަރު

ކައުންސިލަރުން ޕާޓްޓައިމް ބަޔަކަށް ހެއްދެވުމަށް ރައީސް ޚިޔާލުހުށައަޅުއްވައިފި

ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުލް ފިޔަވައި ދެންތިއްބަވާ މެމްބަރުންނަކީ، ޕާޓްޓައިމް ބަޔަކަށް ހެއްދެވުމުގެ ޚިޔާލެއް ރައިސުލްޖުމްހޫރިއްޔާ ހުށައަޅުއްވައިފިއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، އެމަނިކުފާނު މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރޭ، ގދ. ފިޔޯރީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑިމޮކްރެސީގެ ހަމަތަކާ އުސޫލުތަކަށް އަސަރު ނުކުރާނެ ގޮތަށް، ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި އިންތިޚާބުކުރާނެ ގޮތް ކަނޑައެޅުމުގައި އާންމު ބަހުސަކަށް، ނުވަތަ އާންމުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ކުރިންވެސް އެމަނިކުފާނު ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެ ކަމަށާއި އަދި އެބަދަލު ގެންނަވާނީ، އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާއިއެކުގައި ކަމަށެވެ. އަދި ކައުންސިލްތަކަށް ބަދަލު ގެނައުމުގައި އޮތް އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނޭކަމުގެ ކަންބޮޑުވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ތިއްބަވާ ގޮތަށް ކަނޑައެޅުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭ ކަމެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިޚާބުގައި ފުލްޓައިމް މަޤާމުތަކުގެ ގޮތުގައި އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސްގެ މަޤާމަށާއި ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުކުރާ ދެމެންބަރުން ކަމަށް ކަނޑައަޅައި، އަދި މިހާރުވެސް ތިބޭ ޢަދަދަށް ކައުންސިލަރުން އިންތިޚާބުކުރި ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް އެލަވެންސެއް ލިބޭގޮތަށް ތިބޭ މެބަރުން ކަމުގައި ހެދުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކައުންސިލްތަކުގެ އިދާރާއި އޮނިގަނޑަށް ސަރުކާރުން ބަދަލު ގެނައުމަށް ބޭނުންވާ މައިގަނޑު އެއް ސަބަބަކީ މިހާރު އޮތް ގޮތުން ކައުންސިލަރުންގެ މުސާރައަށް ދައުލަތުން ބޮޑުި ހޭދައެއް ކުރަންޖެހިފައި އޮތުމެވެ. އެހެންނަމަވެސް އެބަދަލުތައް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ދެކޮޅު ހަދާފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ލާމަރުކަޒީ ނިޒާމާއި ކައުންސިލްތަކުގެ ނިޒާމްތައް ހަލާކުކޮށްލައި އެމަނިކުފާނަށް ދިގުމުއްދަތެއްގައި ވެރިކަމުގައި ހުންނެވޭނޭ މަގު ފަހިކުރެއްވުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.