Advertisement

ކުރީގެ ނައިބު ރައީސް އަބުދުﷲ ޖިހާދު --

08 Jan 2025
ޚަބަރު

ގަދަކަމުން ކޯޓަށް ހާޟިރުކޮށް ކުރީގެ ނައިބު ރައީސާއި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

ކޯޓު އަމުރެއްގެ ދަށުން، ފުލުހުންގެ ބެލުމުގެ ދަށުން ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު ހައިކޯޓަށް ހާޟިރުކޮށް އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ލިޔެކިޔުންތައް ހަވާލުކޮށްފިއެވެ.

ކުރީގެ ނައިބު ރައީސް ޖިހާދާއި ހަވާލުކުރައްވާފައި ވަނީ، 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޖިހާދު ފަޅެއް ބަޔަކަށް ދޫކުރެއްވުމުގައި ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާތީ އެކަމާއި ގުޅިގެން ދައުލަތުން ހުށައެޅި ދައުވާގެ އިސްތިއުނާފު މަރުހަލާގެ ދައުވާގެ ލިޔެކިޔުންތަކެވެ. އެމައްސަލައިގައި ދައުލަތުން ކުރިމިނަލްކޯޓުގައި ކުރި ދައުވާ އެކޯޓުން ވަނީ ބޭރުކޮށްލާފައެވެ. އެހެންކަމުން މިހާރު ހައިކޯޓުގައި ފެށުމަށްތައްޔާރުވެފައި ވަނީ އެ މައްސަލައިގައި ދައުލަތުން ކުރާ އިސްތިއުނާފުގެ ޝަރީއަތްތަަކެވެ. އެހެން ނަމަވެސް ދައުވާ ރައްދުވާ ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އެމައްސަލައިގެ އަޑުއެހުންތައް އޮތީ ކުރިޔަށް ނުގެންދެވިފައެވެ. 

ކުރީގެ ނައިބު ރައީސްގެ މައްޗަށް ދައުލަތުން ކުރާ، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ހައިކޯޓުގައި ބާއްވާފައި ވަނީ އިއްޔެއެވެ. ހައިކޯޓުގެ އަޑުއެހުމުގައި ޖިހާދު ވިދާޅުވީ، ކޯޓަށް ހާޟިރުވުމުގެ އަމުރެއް ލިބިވަޑައި ނުގަންނަވާ ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރާ އެމައްސަލައިގައި ކުރިޔަށްދާން ބޭނުންވަނީ ވަކީލަކާއި އެކުގައި ކަމަށްވާތީ އެކަމަށް 5 ދުވަހުގެ މުހުލަތެއް ދެއްވުމަށް އެދޭ ކަމަށެވެ. އެހެން ނަމަވެސް 5 ދުވަހުގެ މުއްދަތެއް ދެވެން ނެތްކަމުގައި ޝަރީޢަތުގެ މަޖިލީހުން ވަނީ އަންގަވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.