Advertisement

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގެ ޓީމް ހަނިމާދޫގައި --- ފޮޓޯ: ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާ

16 Dec 2024
ޚަބަރު

ރުކުމަޑި ކޮންޓްރޯލް ކުރުމުގެ ދިރާސާ މަސައްކަތްތައް ފަށައިފި

ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ދިވެހިރާއްޖޭގައި ނެޗުރަލް އެނެމީ ލެބޯޓަރީއެއް ޤާއިމުކުރުމަށް ޗައިނާގެ މާހިރުންގެ ދިރާސާ މަސައްކަތްތައް ފަށާފައިވާ ކަމުގައި، ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ،  ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ މިމަޑި ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި އެކަމުގެ ފަންނީ އެހީ ފޯރުކޮށް ދިނުމަށް ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. 

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ނެޗުރަލް އެނެމީ ލެބޯޓަރީ ޤާއިމްކުރުމަށް އެންމެ އެކަށީގެންވަނީ ހދ. ހަނިމާދޫކަން އެކަމާއި ގުޅޭ ދިރާސާތައް ކުރި ޓީމުން ފާހަގަކޮށްފައިވާ ކަމަށެވެ. ހަނިމާދޫ އަކީ މިހާރުވެސް އެގްރިކަލްޗަރ ސެންޓަރެއް ހިންގަމުން އަންނަ ރަށެކެވެ. 

ޗައިނާ ސަރުކާރުން ދިވެހި ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ޚާއްޞަ ލެބޯޓްރީއެއް ޤާއިމްކޮށްދީ، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދިނުމަށް ޚާއްޞަ މަޝްރޫޢެއް ހިންގުމަށް ޗައިނާގެ މައި ސަރުކާރުން އެމަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) އާއެވެ. ނެޗުރަލް އެނެމީ ލެބޯޓަރީއެއް ޤާއިމުކުރުމަށްޓަކައި ހަދަންޖެހޭ އެންމެ ފަހުގެ ދިރާސާތައް ކޮށްފައި ވަނީ އެފަރާތުންނެވެ. 

ރުކުމަޑި ކޮންޓްރޯލް ކުރުމަށް، ހއ. މާފަހީގައި، ބަޔޮލޮޖިކަލް ކޮންޓްރޯލް ޕްރޮގްރާމެއް ހިންގަމުންދާކަމަށާއި، ކަޓާސްގެ މާހިރުންނާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ފަންނީ މުވައްޒަފުންގެ ޓީމުން ވަނީ އެރަށަށްވެސް ޒިޔާރަތްކޮށް އެމަޝްރޫޢު ކުރިޔަށްދާގޮތްވެސް ބައްލަވާލައްވާފައި ކަމުގައި، ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.