ދަނޑުވެރިކަން
31 Jan 2024
ޚަބަރު
ތުޅާދޫގައި "ހައިޑްރޯޕޮނިކްސް" ނިޒާމުން ގަސް އިންދުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ބ.ތުޅާދޫގައި "ހައިޑްރޯޕޮނިކްސް" ނިޒާމުން ގަސް އިންދުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮއްސިއެވެ. މިކަމާއި ގުޅޭ ތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢިލްއެވެ.
16 Jan 2024
ޚަބަރު
ވަރޓިކަލް ފާމިން ތަޖުރިބާ ކުރުމުގެ ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
އެ މިނިސްޓްރީން ވިދާޅުވީ، ތަޖުރިބާކުރުމުގެ ގޮތުން ފަށާ މި ޕްރޮޖެކްޓަކީ، ރާއްޖެފަދަ ބިންކޮޅު ކުޑަ ޤައުމެއްގެ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް، މިފަދަ ޤައުމެއްގައި އެންމެ އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތަޢާރަފްކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އަޙައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށެވެ.
25 Aug 2023
ޚަބަރު
ރާއްޖޭގައި އަނބު އާލާކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފައްޓަވައިފި
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގެ ރަށްތަކުގައި އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ. އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމަކީ، ރާއްޖޭގެ ރަށްތަކުގައި ކާނާ ލިބޭ ގަސް އާލާކުރުމަށް އެގްރިކަލްޗަރ މިނިސްޓްރިއިން މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.
11 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ދަނޑުވެރި އުފެއްދުންތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލި
ަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން، ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން ޢާންމުކޮށް ޝާއިޢުކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ. މިގެނެވުނު އިސްލާޙާ ގުޅިގެން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ހަމަޖެހިފައިވާ ލިސްޓުގައި ޖުމްލަ 158 އައިޓަމެއް ހިމަނާ ގެޒެޓް ކުރެވިފައިވެއެވެ. އަދި 2019 މޭ 16 ވަނަ ދުވަހު ތަކެތީގެ މިލިސްޓަށް ފުރަތަމަ އިސްލާޙު ގެނައުމަށް ފަހު އިމްޕޯޓް ޑިއުޓީ ނުނެގުމަށް ކަނޑައެޅިފައިވާ ތަކެތީގެ ލިސްޓުގެ އަދަދު 191 އަށް އިތުރުކޮށް އައު ލިސްޓް ވަނީ ގެޒެޓް ކުރެވިފައެވެ.