Advertisement

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން --

30 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ކައުންސިލްތަކުން ދަނޑުވެރިކަމަށް ބިން ދޫކުރާ ގޮތް އޮޅުން ފިލުއްވުމުގެ މަސައްކަތް ފައްޓަވައިފި

ކައުންސިލްތަކުން ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ދަނޑުވެރިކަމަށް ބިން ކަނޑައެޅުމުގައި، މިހާރު ޢަމަލުކުރަމުން އަންނަ ގޮތްތައް އޮޅުން ފިލުއްވުމަށް ކަމާއި ގުޅުން ހުރި ތިން ދާއިރާގެ ވަޒީރުންނާއި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ ޢާއިޝަތު ރަމީލާ ބައްދަލުކުރައްވައިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އިން ވިދާޅުވީ، ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާަސަތު ތަންފީޒުކޮށް، އިގްތިސާދީ މަންފާ އެންމެ ފުރިހަމައަށް ދަނޑުވެރިންނަށް ހޯދައި ދިނުމުގައި ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ބިން ހާއްސަ ކުރުމަކީ ކޮންމެ ހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ މިނިސްޓަރުގެ މި ބައްދަލުކުރެއްވުންތަކުގެ ބޭނުމަކީ އެކަމަށް މަގުފަހި ކުރުން ކަމުގައިވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

އެމިނިސްޓްރީން ވިދާޅުވީ، މި ފަދަ ބައްދަލުވުންތަކެއް ކުރިއަށް ގެންދަވަން މިނިސްޓަރ ރަމީލާ ނިންމެވި މައިގަނޑު ސަބަބަކީ ބައެއް ކައުންސިލްތަކުން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަަށް ދޫކޮށްފައިވާ ބިންތައް އެކި ބޭނުންތަކަށް ނެގުމުގެ މަސައްކަތް ކުރެވޭތީ، މި ކަމުގެ ސަބަބުން ދަނޑުވެރިންނަށް ކުރިމަތިވަމުން އަންނަ ގެއްލުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުން ކަމަށެވެ.

އަދި ކައުންސިލުތަކުގެ ލޭންޑްޔޫސް ޕްލޭން ހަދާއިރު ދަނޑުވެރިކަމުގެ ބޭނުމަށް ބިންތަކެއް ޙާއްސަ ކުރުމަކީ ސަރުކާރުގެ ފުޑް ސެކިޔުރިޓީގެ ސިޔާސަތު ދަމަހައްޓަން ވެސް މުހިންމުކަމެއް ކަން މި ބައްދުވުމުގައި މިނިސްޓަރ ރަމީލާ ފާހަގަކުރައްވާފައި ކަމުގައިވެސް އެމިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.

ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭނެ ކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައި ކަމަށާއި، މި ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމްގެ އިތުރުން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ ހައިދަރު އަލީ ބައިވެރިވެވަޑައިގެންނެވި ކަމުގައިވެސް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.