Advertisement

ފޮޓޯ: އެގްރިކަލްޗަރ މިނިސްޓްރީ

25 Aug 2023
ޚަބަރު

ރާއްޖޭގައި އަނބު އާލާކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފައްޓަވައިފި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގެ ރަށްތަކުގައި އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ. މިގޮތުން އަނބު ދަނޑު ހެެއްދުމަށް، އެންމެ ފުރަތަމަ އަނބުގަސް އިންދާފައިވަނީ ހއ. އުތީމުގައެވެ.

އުތީމުގައިގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ. 40 އަނބުގަހުގެ އަނބު ދަނޑެއް އުތީމުގައި ވަނީ އިންދާފައެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މި އަނބުގަސްތަކަކީ ބަނގްލަދޭޝްއިން ގެނެސްފައިވާ މުޑުވަށްތަކެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި އާއްމުކޮށް ހައްދާ އަނބު ގަހަކީ ހައްދަން އުނދަގޫ ގަހެއްކަމަށެވެ. ނަމަވެސް އަލަށް ތަޢާރަފުކުރި ބަންގްލަދޭޝްގެ މި މުޑުވަކަކީ ހައްދަން ފަސޭހަ، މީރު އަނބެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މުޑުވަށް 3-4 އަހަރުގެ ތެރޭގައި ރަނގަޅަށް ފޯދި، މޭވާ ލިބޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަންނަ އޮކްޓޯބަރު މަހު ރާއްޖެއަށް އިތުރު ގަސްތައް ލިބި، ގިނަ ރަށްތަކެއްގައި އަނބު ދަނޑު އިންދުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރީއިން ވިދާޅުވެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ކުރުނބާ އަދި ކާށި ލިބުން ދަތިވުމާއިއެކު ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމެއްވެސް ފައްޓަވާފައެވެ. މިހާތަނަށް 4000 އަށްވުރެ ގިނަ ރުއް ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި އިންދާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.