Advertisement

ދޮންކެޔޮގަނޑެއް ގަހުން އެލިފައި، ފޮޓޯ: ނޫން

11 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް

ދަނޑުވެރި އުފެއްދުންތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލި

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރު ފެށިގެން އައީ، ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ޙައްލުކޮށްދޭނެ ކަމުގެ ވަޢުދުތަކެއްވެ އަދި ރައްޔިތުންނަށް ވަރަށް ބޮޑެތި އުންމީދުތަކެއް ދެމުންނެވެ. މިކަމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައްޔިތުންނަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގައި ވައުދުވެ ވަޑައިގެންނެވިއެވެ. މި ކަންކަމުގެ ތެރެއިން ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ އެ މަނިކުފާނުގެ ވަޢުދެފުޅެކެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވެވަޑައިގަންނަވާފައިވާ ވައުދު ފުއްދެވުމަށް "ޤާނޫނު ނަންބަރު 79/31، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް" 15 ވަނަ އިޞްލާޙު ގެނެސް މި ވަޢުދު ފުއްދެވީ 2018 ޑިސެންބަރު 20 ވަނަ ދުވަހުއެވެ.

މި ބިލް ތަސްދީޤު ކުރެއްވުމާ ގުޅިގެން، ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން، ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން ޢާންމުކޮށް ޝާއިޢުކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ. މިގެނެވުނު އިސްލާޙާ ގުޅިގެން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ހަމަޖެހިފައިވާ ލިސްޓުގައި ޖުމްލަ 158 އައިޓަމެއް ހިމަނާ ގެޒެޓް ކުރެވިފައިވެއެވެ. އަދި 2019 މޭ 16 ވަނަ ދުވަހު ތަކެތީގެ މިލިސްޓަށް ފުރަތަމަ އިސްލާޙު ގެނައުމަށް ފަހު އިމްޕޯޓް ޑިއުޓީ ނުނެގުމަށް ކަނޑައެޅިފައިވާ ތަކެތީގެ ލިސްޓުގެ އަދަދު 191 އަށް އިތުރުކޮށް އައު ލިސްޓް ވަނީ ގެޒެޓް ކުރެވިފައެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި ވަޢުދުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އުފެއްދުންތައް ލޯކަލް ބާޒާރަށް ނެރޭ މިންވަރު އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ސިނާއަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންނަށް ހެޔޮ އަގެއްގައި ދަނޑުވެރި އުފެއްދުންތައް ފޯރުކޮށްދިނުމެވެ.

ދަނޑުވެރިކަމަކީ މަންފާ ލިބޭނެ މަސައްކަތެއް ކަމުގައި ޤަބޫލުކުރާ މީހުން މިރާއްޖޭގައި ވެސް މަދެއް ނޫނެވެ. އެހެންކަމުން މިސަރުކާރު ވެރިކަމަށް އައި އިރު ދަނޑުވެރިކަން ކުރިއެރުވުމަށް ވަނީ ވައުދުތަކެއް ވެފައެވެ. އެވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މިއީ އަދި އެންމެ ކަމެކެވެ. މީގެ އިތުރުން ވެސް ދަނޑުބިން ދޫކުރާނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، ދަނޑުވެރިކަން (އެނިމަލް ފާމިން) ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑު ހައްދާނެ ބިން ދޫކުރަން ފެށުން ހިމެނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުބިން ދޫކުރާނެ އުސޫލުތަކާއި، އަދި މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައިވާ ފަޅުރަށް ރަށުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާ ފަޅުރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކްރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމާއި ދަޑުވެރި ކަމުން އުފައްދާ ތަކެއްޗަކީ ސިއްހަތައް ގެއްލުން ނުވާ (އިތުރު ޕެސްޓިސައިޑްސް ނުލާ) ތަކެތިކަން ކަށަވަރުކޮށް ބެލެހެއްޓޭނެ ނިޒާމެއް ވަނީ ޤާއިމްކޮށް ނިމިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.