Advertisement

ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ ---

09 Nov 2024
ޚަބަރު

މިސަރުކާރުން އާބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރާ ރަށްތަކުގެ ލިސްޓު ހާމަކޮށްފި

އާބަން ސެންޓަރުތަކުގެ ގޮތުގައި މިސަރުކާރުން 7 ރަށެއް ކަނޑައަޅައި އިއުލާނުކޮށްފިއެވެ.

މިއަދު ހައުސިންގ މިނިސްޓްރީން އާއްމުކުރި ނޫސްބަޔާނުގައި ވިދާޅުވީ، އެ ހަތް ރަށަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުުފުޅާއި އެއްގޮތްވާ ގޮތުގެ މަތިން އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ރަށްތަކެއް ކަމަށެވެ. އެރަށްތަކުގެ ތެރޭގައި ހިމެނެނީ:

1- ރ. އުނގޫފާރު

2- ބ. އޭދަފުށި

3- ޅ. ނައިފަރު

4- އދ. މަހިބަދޫ

5- ފ. ނިލަންދޫ

6- ދ. ކުޑަހުވަދޫ

7- ލ. ފޮނަދޫ

އާބަން ސެންޓަރުގެ ގޮތުގައި މިރަށްތަށް ކަނޑައަޅައި މިއިއުލާނުކުރީ، ހިޔާވެހި ފައިނޭންސިންގ ސްކީމަށް ހުޅުވާލި އިރު އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކުގައި ގޯތި ގެދޮރު އިމާރާތް ކުރުމަށް، 3 މިލިއަން ރުފިޔާ އާއި ހަމައަށް ލޯނުދޭން ކަނޑައެޅުމަށް ފަހުގައެވެ. އާބަން ސެންޓަރު ނޫން ރަށްރަށަށް ދޫކުރުމަށް ހަމަޖައްސާފައި ވަނީ 1 މިލިއަން ރުފިޔާ އާއި ހަމައަށެވެ.

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަށް “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވާނީ އާންމުކޮށް ހުޅުވާލާފައެވެ.

ކޮމެންޓް
މުހައްމަދު
ތިއީފޭކު ތިއައިންއެއްކަމެއްވެސްނުކުރާނެ މައުމޫނުވެސް 30އަހަރުވަންދެން ކޮންމެފަސްއަހަރަކުން ތިކަހަލަކަންތައްތަކެއް ކުރާނަމޭކިޔާއެތައްދޮގެއްހެދި ކުރިކަމެއް ހަރާން
09 Nov 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.