Advertisement

ހައްޔަރުކުރި މީހުން ---

09 Nov 2024
ޚަބަރު

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުނުކަމަށް ބުނާ މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފި

ހުޅުމާލެ ފޭސް 2 ގެ ހިޔާޓަވަރެއްގައި މީހަކު ރަހީނުކޮށް އެމީހާގެ އިނގިލި ބުރިކޮށްލަން އުޅުނުކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން އޭގެ ތެރެއިން، 3 މީހުން 5 ދުވަހަށް ބަންދު ކުރުމަށް އަދި އަނެއް 9 މީހުން، 7 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ދީފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހުޅުމާލެ ފޭސް 2 ގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:

1- އަލްމާން ޢަލީ ޚާލިދު (22އ) / ވެހި، ގދ. ވާދޫ

2- މުޙައްމަދު އިޒްކާން (18އ) / މ. ތިލަކަނޑު

3- އިޒާން އަޙުމަދު (18އ) / ޒޫނައިޓްވިލާ، ކ. ގުރައިދޫ

4- އަޙުމަދު ޒާހިދު (36އ) / ދަންމަރު، ށ. ފޯކައިދޫ

5- އާދަމް ޙުސައިން (48އ) / ޖަމީލާ މަންޒިލް، ލ. މާވަށް

6- އިބްރާހީމް ނަޝީދު (34އ) / ހިޔަލީ ގުލްޝަން، ލ. އިސްދޫ

7- އަޙުމަދު ސަމީޙް (22އ) / ނައިޓް ސްޓަރ، ބ. ގޮައިދޫ

8- އިސްމާއީލް ވިޝާމް މުޙައްމަދު (29އ) / ވ. ގާމާ

9- ވިޝާމް މުޙައްމަދު (23އ) / ޗިޗަންޑާގެ، ގދ. ވާދޫ

10- ވިސާން މުހައްމަދު (30އ) / ހުޅުމާލެ ފްލެޓް އެޗް3-14-17

11- މުޝްތާޤު ޝާކިރު (37އ) / ޖަނަވަރީގެ، ގދ. ވާދޫ

12- ޙަސަން ޣާލިބު (38އ) / އާރެސް، މ. ކޮޅުފުށި

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި މީހުން ބައިވެރިވެގެން، މީހަކު ރަހީނުކޮށްގެން އިނގިލި ބުރިކޮށްލަން އުޅުނީ، ހިޔާގެ 9 ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓެއްގެ ތެރޭގައެވެ. އެހެން ނަމަވެސް މި ގުރޫޕުން އެމީހާ ރަހީނުކުރީ ކީއްވެގެން ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.