Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

11 Nov 2024
ޚަބަރު

ތިން ކަމެއްގައި އާއްމު ޚިޔާލު ހޯދުމުގެ ވޯޓެއް ނަންގަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މުހިއްމު ތިންކަމެއްގައި ރައްޔިތުންގެ އާއްމު ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން އާއްމު ޚިޔާލު ހޯދުމުގެ ވޯޓު ނެންގެވުމަށް ނިންމަވާފައި ވަނީ، ރިޔާސީ އިންތިޚާބުގެ އެންމެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކަށް ވެރިކަމަށޤ އާދެވޭ ގޮތަށް ބަދަލުކުރައްވައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބާއްވާގޮތަށް ހަމަޖެއްސެވުމަށާއި، ރިޔާސީ ދައުރު ފެށޭ ދުވަސް ކަމުގައިވާ ނޮވެމްބަރު 11 ގައި އަލުން އައު ރައީސް ހުވާކުރައްވާ ގޮތަށް ހަމަޖެއްސުމަށާއި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަށެވެ.

"ރައްޔިތުން ގާތު އަހާލަން އެބަޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ދުވަސް، މާނައަކީ މި ދައުރު ނިމޭ ދުވަސް 2028 ގެ ނޮވެމްބަރު 11 އަށް ބަދަލުކުރަން،" 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އައު ރައީސް ހުވާކުރައްވާ ދުވަސް ކަމުގައި، ނޮވެމްބަރު މަހުގެ 17 ހަމަޖެހިގެން ދިޔައީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުނީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަަނަ ދުވަހުގައި ކަމަށް ވާތީއެވެ. އެގޮތަށް ދިމާވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ބާޠިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރުކުރުމާއި ގުޅިގެންނެވެ.

ރައީސް ޔާމީނާއި ރައީސް ޞާލިޙާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވެރިކަމުގެ ހުވާ ކުރައްވާފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. ރައީސް ޔާމީނާއި ރައީސް ޞާލިހްގެ ވެރިކަމުގައިވެސް ނޮވެމްބަރު 11ގައި އައު ދައުރު ފަށާގޮތަށް ވާހަކަ ދެކެވުނެވެ. އެހެން ނަމަވެސް އެކަމުގައި އުފެދުނު ޤާނޫނީ ސުވާލުތަކާއި ގުޅިގެން މިއަދާއި ހަަމައަށްވެސް އެބަދަލު އޮތީ ނުގެނެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.